|
މަޤާމު:
|
ކައުންސިލް އޮފިސަރ
|
|
މަޤާމުގެ ނަންބަރު:
|
J-422487
|
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކް:
|
ޕަބްލިކް ސަރވިސް ރޭންކް 5
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
-
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ / ހއ. އިހަވަންދޫ
|
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:
|
އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމެންޓް ޔުނިޓް
|
|
މުސާރަ:
|
މަހަކު 9495.00 ރުފިޔާ
|
|
މަޤާމުގެ އެލަވަންސް:
|
މަހަކު 2850.00 ރުފިޔާ
|
|
ހާޒިރީ އިނާޔަތް:
|
ހާޟިރުވާ ކޮންމެ ދުވަހަކަށް 75.00 ރުފިޔާ
|
|
އެހެނިހެން އެލަވަންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
|
މަޤާމުގެ މައިގަނޑު
މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޛު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޛުކުރުމުގައި އިދާރިގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޛު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
- އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޔުނިޓުގެ ވެރިޔާ ޙަވާލުކުރާ މަސައްކަތްތައް ކުރުން.
- ކޮންމެ ފަސްއަހަރަކުން އެއްފަހަރު ރަށުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުމާއި އެ ޕްލޭންގައިވާ ކަންކަން ތަންފީޒު ކުރުމާއި ޕްލޭން ކުރެވިފައިވާ ކަންކަން ހާސިލްކުރެވޭ މިންވަރު ބެލުމާއި އަދިފައިނޭންޝަލް ޕްލޭންގައި ވާގޮތަށް ފަންޑު ނުވަތަ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ފަންޑުތައް އުފެއްދުން.
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ބިނާވެށި ޕްލޭން ކުރުމާއި ބެހޭ ކަންކަމުގެ މައްޗަށް ބަލައި، ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ރަށުގެ ތަރައްޤީއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ ޕްލޭނުތައް އެކުލަވާލައި، އެކަންކަމާގުޅޭ މަސައްކަތް ކުރުމާއި، އަދި އެ ޕްލޭނުތަކާއި އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ފަޅާއި ބިން ކައުންސިލުން ނިންމާ ގޮތެއްގެ މަތިން އެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި ޙަވާލުކުރުން.
- ކައުންސިލްގެ ނަމުގައި އިންވެސްޓް ކުރުމާއި، އިންވެސްޓްމަންޓްތައް މިލްކުކުރުމާއި ރަށުގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ހޮޓާ،ކެފޭ ރެސްޓޯރަންޓް ފަދަތަންތަން ބެލެހެއްޓުމާއި އިންސްޕެކްޓްކުރުމާއި، އިޤްތިޞާދު ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ، އަދި ނުއުފުލޭ، މުދާ ހޯދުމާއި މުދާ މިލްކު ކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ކުއްޔަށް ދޫކުރުން.
- ވިޔަފާރި ކުރުމަށާއި ގެދޮރު އެޅުމަށް ދޫކުރާ ލޯނަށް އެދޭފަރާތްތަކުގެ މައްސަލަތައް ހިންގުމާއި، ރަށުގެ ވިޔަފާރިތަކާއި ގުޅިގެން ކައުންސިލުން ނިންމާ ކަންތައްތައް ކުރުމާއި ރަށުގައި ހިންގާ ވިޔަފާރިތަކާއި ގުޅިގެން ހުށަހަޅާ މައްސަލަތަކާއި، އެކިބާވަތުގެ ވިޔަފާރިތައް އެނގޭނެހެން ވިޔަފާރިތަކުގެ ދަފްތަރު ލިޔެ ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
- އެކި ޕްރޮޖެކްޓްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެފަދަ މަސައްކަތައް ސްޕަވައިޒަރުގެ އިރުޝާދާއި އެއްގޮތަށް ބެލެހެއްޓުމާއި، ވިޔަފާރިކުރާ ތަންތަން ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދުމުން ހުއްދަދިނުމަށް ޤަވާޢިދާ އެއްގޮތަށް ތަން ތައްޔާރުވެފައި ވޭތޯބެލުމަށް ޢިމާރާތްތައް ޗެކްކޮށް، ވިޔަފާރި ކުރުމަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދޫކުރުން.
- ރަށަށް އިންކަމް ލިބޭނެ ސިނާޢަތްތައް ދެނެގަނެ އެކަންކަން ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ގެސްޓްހައުސް، މަސްވެރިކަމާއި ދަނޑުވެރިކަމާ އަދި އެނޫންވެސް ވިޔަފާރިތައް ފުޅާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި މިނެ ކިރާތަކެއްޗާއި، ވިޔަފާރިކުރާތަންތަން ބެލެހެއްޓުމާއި ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ބޭނުންވާ ޕްރޮޕޯޒަލްތައް ތައްޔާރުކޮށް، ސަރުކާރުގެ އިދާރާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން އެހީހޯދުން.
- ރަށު ފެންވަރުގައި ނުވަތަ ސަރަޙައްދީ ފެންވަރުގައި ހިންގޭނެ އިޤްޠިޞާދީ ހަރަކާތްތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް (އެސް އެމް އީ) ކުރިއަރުވާނެ ގޮތްތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމާއި މުޖުތަމައުގެ އަފްރާދުންނަށް، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ތަމްރީނު ޕްރޮގްރާމްތައް ރޭވުމުގެ މަސައްކަތްތައްކުރުން.
- ކުޑަކުދިންނާއި ނުކުޅެދުންތެރިކަންހުންނަފަރާތްތައް،އުމުރުންދުވަސްވާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކުރުމާއި، އަންހެނުންނަށް ކުރާ އަނިޔާއިން އެފަދަފަރާތްތައް ހިމާޔަށްކޮށް ހައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުމާއި ބޭނުންވާ އިޖްތިމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީތެރިވުން.
- މުޖުތަމައުގައި ހުރި ނޭދެވޭ އާދަތަކާއި މައްސަލަތައް މަދުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި މުޖުތަމައުގެ އިޤްޠިޞާދީ އަދި އިޖުތިމާޢީ ހާލަތު ދެނެގަތުމަށްޓަކައި ސާވޭތައް ހަދައި، މަޢުލޫމާތު އެއްކޮށް ރިޕޯޓް ތައްޔާރުކުރުން.
- ރަށުގެ ޖަމްޢިއްޔާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ، އަދި އާންމު ރައްޔިތުންނާ ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދިއުމާއި،ކައުންސިލުން ފާހަގަކުރުމަށް ކަނޑައަޅާ އެކިއެކި ދުވަސްތައް ފާހަގަކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
- ކައުންސިލް ކުންފުނީގެ އިދާރީ އަދި ހިންގުމުގެ ދާއިރާއިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ފުރިހަމަކުރުމުގައި ކައުންސިލުގެ ފަރާތުން ދޭންޖެހޭ އެހީތެރިކަމާއި، އެއްބާރުލުން ދިނުން.
- މުދާ ވިއްކާތަންތަނާއި ޚިދުމަތްދޭތަންތަނުން ޚިދުމަތްދެމުން ގެންދަނީ ނުވަތަ މުދާ ވިއްކަމުންދަނީ މުދާގަންނަ ފަރާތްތަކާއި ޚިދުމަތްލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށްތޯ ބަލާ ޤާނޫނާ ޤަވާޢިދާ ޚިލާފުވެފައި ވާނަމަ އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މައްސަލަތައް ކުރިއަށް ގެންދިއުން.
- ދައުލަތުން ފޯރުކޮށްދޭ ސަބްސިޑީޒް ދިނުމާ ގުޅޭ އުސޫލުތައް އަންގައިދިނުމާއި، ސަބްސިޑީޒްގެ މައްސަލަތަކާއި، ޖީއެސްޓީއާއި ޓެކްސް ނެގުމާއި، އުމުރުން 65 އަހަރުވެފައިވާ އިސްރަށްވެހިންގެ ދަފްތަރު ބެލެހެއްޓުމާއި އަދި އެފަރާތްތަކުގެ ސޯޝައަލް ސެކުއުރިޓީއާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުމާއި އެކަންކަމަބެހޭ ރެކޯޑްތައް ބެލެހެއްޓުން.
- މުވައްޒަފާއި ޙަވާލުކޮށްފައިވާ މަސައްކަތްތަކުގެ އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ކައުންސިލްގެ އިދާރާގެ ޕާރފޯމެންސް އިންޑެކްސް ފޯމާއި، މުވައްޒަފުންގެ އެޕްރައިޒަލްގެ ޕާރފޯމެންސް މަސައްކަތް ނިންމުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، އިންޓަރނަލް، އެކްސްޓަރނަލް އޯޑިޓްކުރުމާއި، ކައުންސިލްގެ އިދާރާއަށް ނުލިބިހުންނަ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
- ސަލާމާއި ޗުއްޓީގައި ހުންނަ މުވައްޒަފުގެ މަސައްކަތް ޙަވާލު ކުރުމުން އެ މަސައްކަތް ކުރުމާއި ކައުންސިލުން ކުރިއަށް ގެންދާ އާއްމު އަދި ޚާއްޞަ މަސައްކަތުތަކުގައި ބައިވެރިވެ އެހީތެރިވުން.
- ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި ކަންކަމާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް މަސައްކަތްތައް ކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ / އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ހާޞިލްކޮށްފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެޑްމިނިސްޓްރޭޝަން
- ކޮމިއުނިޓީ ޑިވެލޮޕްމަންޓް
|
- މެނޭޖްމަންޓް
- ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް
|
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް
|
- ޕަބްލިކް މެނޭޖްމަންޓް
- ހިއުމަން ރިސޯރސް
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- އެކައުންޓިންގ
|
- ބިޒްނަސް މެނޭޖްމަންޓް
- ފައިނޭންސް
|
- ކައުންސިލް އެޑްމިނިސްޓްރޭޝަން
- ލޯ
- އޮފީސް އެޑްމިނިސްޓްރޭޝަން
- ޝަރީއާ އެންޑް ލޯ
|
- ބިޒްނަސް
- ޕަބްލިކް ރިލޭޝަންސް
|
|
|
- ޕްރޮޖެކްޓް މެނޭޖްމަންޓް
- ކޮމްޕިއުޓަރ ސައިންސް
|
- ޕަބްލިކް ޕޮލިސީ
- އިންފޮރމޭޝަން ޓެކްނޮލޮޖީ
|
- ޕޮލިސީ ސްޓަޑީސް
- ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް
|
- ގަވަރނަންސް
- އެގްރިކަލްޗަރަލް ސައިންސް
|
- ލޯކަލް ގަވަރނަންސް
- މެރިން ސައިންސް
|
- ސޯޝަލް ސައިންސް
- އެންވަޔަރަންމެންޓަލް ސައިންސް
|
- ސޯޝިއޮލޮޖީ
- އަރބަން ސްޓަޑީސް
|
- ސޯޝަލް ވަރކް
- އަރބަން ޕްލޭނިންގ
|
- އެންތްރޮޕޮލޮޖީ
- އާކިޓެކްޗަރ
|
- ޑިމޮގްރަފީ
- ސިވިލް އިންޖިނިއަރިންގ
|
- ސްޓެޓިސްޓިކްސް
- ސްޓްރަކްޗަރަލް އިންޖިނިއަރިންގ
|
- އިކޮނޮމިކްސް
- ލައިބްރަރީ ސައިންސް
|
- ޕޮލިޓިކަލް ސައިންސް
- ކަލްޗަރ އެންޑް ހެރިޓޭޖް
|
- އިންޓަރނޭޝަނަލް ރިލޭޝަންސް
- ސްޕޯރޓްސް މެނޭޖްމަންޓް
|
- ޑިވެލޮޕްމަންޓް ސްޓަޑީސް
- ލީޑަރޝިޕް
- ރިލިޖަސް ސަރވިސަސް
- ދިވެހި ލޭންގްއޭޖް
- އެޑިޔުކޭޝަން
|
|
ttps://www.csc.gov.mv/PostStructure/Index/36 ލިންކުގައިވާ ލިސްޓުން " ކައުންސިލް އޮފިސަރުންގެ ތަޢުލީމީ ރޮނގުތައް " ފެންނަން ހުންނާނެއެވެ.
މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:
- އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް
ކޯ އަދި ޕްރިފަރޑް ޑިސިޕްލިންތައް:
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު
ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
- އަސާސީ ޝަރުޠު ހަމަވުމުން (%30)
- އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (%5)
- ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (%5)
- އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (%5)
- އެސެސްމަންޓް(އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (%20)
- އިންޓަރވިއު (%35)
ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޖުލައި 2026 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
|
އިންޓަރވިއު އަދި ޕްރެކްޓިކަލް
އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 2026 ޖުލައި 23 އިން 2026 އޯގަސްޓް 31 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު،މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުންއެދެމެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް
ޕޮއިންޓް ލިބުނު ގޮތުގެ
ޝީޓް (A2 ޝީޓް)" އާންމުކުރުން:
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަންބަރު 6500013 ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު' (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
މެއިލް ކޮށްގެން ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
|