މަސައްކަތް
ނަންބަރު: (IUL)416-ESMSPR/416/2026/64
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 30 ޖުލައި 2026 10:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ބެލެނިވެރިންގެ ހިޔާ" ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ!

      ގދ. މަޑަވެލީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ "ބެލެނިވެރިންގެ ހިޔާ" ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ޝަޢުޤުވެރިވާ އަދި ޝަރުޠު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމަވެ.   

  1. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 14 ޖުލައި 2026 އިން 19 ޖުލައި 2026 ގެ 13:00 ގެ ކުރިން، ތިރީގައިވާ ލިންކުން ވަދެ ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް، ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/100 (ސަތޭކަ ރުފިޔާ) ދައްކަވަންޖެހޭނެއެވެ. ފައިސާ ދެއްކެވުމަށްފަހު ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބުނުކަން ކަށަވަރުކުރެއްވުން އެދެމެވެ.

       ލިންކް:  https://forms.gle/iN1Qoat7bKDFTfBo9

   2. ބީލަމުގައި ރަޖިސްޓްރީވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތުގެ ބީލަންފޮތް 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ލިބެން ހުންނާނެއެވެ. އަދި ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ. ބީލަމުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް މި މަސައްކަތާއިގުޅޭ ބީލަން ފޮތް، އަދި ލިޔެކިއުންތައް، ސޮފްޓްކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެއެވެ.

   3. ރެޖިސްޓްރޭޝަން ފީ ދެއްކެވުމަށް ފައިސާ ޖަމާކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު [email protected]   މެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. 

   4. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން،[email protected]     އަށް މެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު  23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

   5. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ  30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

    މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 ޖުލައި 2026