ދިވެހިރާއްޖެ
މިސްކޫލުން ބޭނުންކޮށްފައިވާ ބައެއް ހަރުމުދާ "ދުވަހު ނީލަން" ކިޔުމުގެ އުސޫލުން ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ނީލަމުގައި ހިމެނޭތަކެތީގެ މަޢުލޫމާތާއި އިތުރު ތަފްސީލު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި ނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއިއެކު ދުރުވެދެއްވުމަށް ދަންނަވަމެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2026 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:15 އަށް ތުޅާދޫ ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތުން ވަގުތުން ފައިސާ ދެއްކެވުމަށް ފަހު ރަސްމީ 3 ދުވަހުގެ ތެރޭގައި ނީލަން ކިޔުނު ތަކެތި ގެންދަވަން ވާނެއެވެ. ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.