ދިވެހިރާއްޖެ
ރަތަފަންދޫ އ.ތ.މ ކޮމެޓީއިން ދެޖިންސުގެ ފަރާތްތަކައް ބާއްވާ " އެންމެން އެއްކޮށް"
ގދ. ރަތަފަންދޫ އ.ތ.މ ކޮމެޓީގެ ފަރާތުން ރަށު ކުދި ބޮޑު އެންމެންނަށް ޚާއްސަކުރެވިގެން ޖުލައި 26 ވާ އާދިއްތަ ދުވަހު ރަށުގެ ކުދިބޮޑު އެންމެންނަށް ހާއްސަ "އެންމެން އެއްކޮށް" ނަމުގައި ކުޅިވަރު މުބާރާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖުލައި 26 ގައި ބޭއްވޭ މި މުބާރާތްތަކުގެ މަޤްސަދަކީ ރަށުގައި އެންމެންގެ މެދުގައި އޮންނަ އެއްބައިވަންތަކަން އަދި ކުޅިވަރުކުރުމުގެ ރޫހް އަލާކޮށްދިނުމެވެ..
ހިމެނޭ ކުޅިވަރު މުބާރާތްތައް
- ކުއިޒު
- ބަހުސްކުރުން
- މަދަހަ ކިޔުން
- ކުޑަކުދިންގެ ހަވީރު
- ޅެން
- ރައިވަރު ކިޔުން
- ބަނދި ކިޔުން
- ޑްރާމާ ކުޅުން
މި ކުޅިވަރުތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 16 ޖުލައި 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން އޮންލައިން ފޯމް ފުރިހަމަ ކުރައްވައި ދެއްވުން އެދެމެވެ. މުއްދަތު ހަމަވާފަހުން ފޯމް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ ރަޖިސްޓްރީކޮށްނުދެވޭނެވާހަކަ ދެންނެވީމޭއެވެ. މި އިޢުލާނާއި އެކު މި ކުޅިވަރުތަކުގެ ރަޖިސްޓްރީވުމަށް އެދޭފޯމު، އަދި ގަވާއިދު ގެޒެޓްކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 9553048 ނުވަތަ 9497932 ނަންބަރައް ފޯނުން ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމޭއެވެ.
https://forms.office.com/r/AsQry6gsbr ( ބައިވެރިވުމަށް އެދޭ ފޯމް)
https://drive.google.com/drive/folders/17O151jX47b_mP8_DEdi77pLEtLMgZWmK?usp=sharing ( މުބާރާތުގެ ޤަވާއިދު )