|
މިސްކިތު ވޭޖްޕޫލަށް މަސައްކަތު މީހުން ބޭނުންވެއްޖެ،
ފާދިއްޕޮޅު އޮޅުވެލިފުށީ މަސްޖިދުލްއިޚްލާސް ގައި މަސައްކަތް ކުރުމަށް މިސްކިތު އެސިސްޓެންޓް މަޤާމަށް ވޭޖް އުޞޫލުން 2 މުވައްޒަފުން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކުން 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާގައި ރަޖިސްޓަރީ ވުމަށް ދަންނަވަމެވެ. ރަޖިސްޓަރީ ވުމަށްއެދޭފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.
މިސްކިތު އެސިސްޓެންޓުންގެ މަސްޢޫލިއްޔަތުތައް
- ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި، އިމާމް/ މުދިމް އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން
- ކައުންސިލް އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެމަތިން ކޮންމެ ދުވަހަކު މިސްކިތު އެތެރެއާއި މިސްކިތު ފެންޑާ ކުނިކަހާ މޮޕް ޖެހުމާއި ފާޚާނާ އާއި އިސްކުރުބަރި ދޮވެ ސާފުކުރުމާއި، މިސްކިތު ގޯތިތެރެ އާއި މިސްކިތާއި އިންވެގެން އޮންނަ މަގުތަކުގެ ދެބައިކުޅަ އެއްބައި ކުނިކަހާ ވިނަ ނޮޅާ ސާފުކޮއް ބެލެހެއްޓުން.
- ކައުންސިލް އިދާރާއިން ހަމަޖައްސާ އުޞޫލެއްގެ މަތިން ކޮންމެ ނަމާދުވަގުތެއްގައި މިސްކިތުގެ އޭސީތައް ޖެއްސުމާއި ދިއްލުންތައް ދިއްލުމާއި ނިއްވުން.
- މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން އިމާމް / މުދިމަށް އަދި ރަށު ކައުންސިލް އިދާރާއަށް ރިޕޯރޓް ކުރުން
- ވަޒިފާ އަދާކުރުމަށް އުޒުރުވެރިވާ ނަމަ ނަމާދު ވަގުތު ޖެހުމުގެ 01 (އެކެއް) ގަޑިއިރުގެ ސްޕަވައިޒަރަށް އަންގަންވާނެއެވެ.
- މިސްކިތު މަސައްކަތު މީހުން، ސަރުކާރު ރަސްމީ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާގައި އޮންނަ ޙާޟިރީގައި ސޮއި ކުރުން
- މިސްކިތުގައި ދީނީ ދަރުސްތައް ދިނުން ފަދަ ޕްރޮގުރާމްތައް ހިންގާނަމަ އެފަދަ ޕްރޮގުރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
- މިސްކިތު ގޯތިތެރޭގައި ގަސް އިންދާ ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
މުސާރަ ނުވަތަ އުޖޫރަ
މުސާރަ: މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް: 251.00 ރުފިޔާ
އެލަވަންސް: މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 64.50 ރުފިޔާ
އެޓެންޑެންސް އެލަވަންސް: ފަތިސްނަމާދަށް 55.00 ރުފިޔާ އެހެން ކޮންމެ ނަމާދަކަށް 25.00 ރުފިޔާ
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
|