ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)387/387/2026/24
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 23 ޖުލައި 2026 20:30
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

       ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު ނަންބަރު (2010/7) ގެ 107 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޖުލައި މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުމާއި 107 ވަނަ މާއްދާގެ އެކެއްގެ "ށ" އަދި "ނ" ލާޒިމްކުރާ 4 ބައްދަލުވުމުގެ ތެރެއިން މިއަހަރުގެ ދެވަނަ ބައްދަލުވުން، 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 20:30 ގައި ކައުންސިލް އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

       ވީމާ، މިބައްދަލުވުމަށް ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.

 

                               28 މުޙައްރަމް 1448

13 ޖުލައި 2026