ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2026/55
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 07:20
ސުންގަޑި: 20 ޖުލައި 2026 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަދުރު ބެހުމާ ގުޅޭ

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުވެސް އިސްލާމިކް މިނިސްޓްރީއިން ކައުންސިލަށް  ހަދިޔާކޮށްފައިވާ ކަދުރު ބެހުމަށް މިދަނީ ތައްޔާރުވަމުންނެވެ.

އެގޮތުން ކެނދިކުޅުދޫއަށް މިނިސްޓްރީއިން މިއަހަރު ދޫކޮށްފައިވަނީ ޖުމްލަ 312 ޕެކެޓް ކަދުރެވެ. ކަދުރު ދޫކުރުން 13 ޖުލައި 2026 އިން 20 ޖުލައި 2026 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް މިއިދާރާގެ ކައުންޓަރުން ދޫކުރަމުން ގެންދާނެއެވެ. މިއަހަރު މިނިސްޓްރީން ދޫކޮށްފައިވާ ކަދުރަކީ ހުރިހާ ގޭބިސީތަކަށް ބަހާލެވޭހާ ގިނަ އަދަދެއް ނޫންކަމުން، ކަދުރު ދޫކުރެވޭނީ މި އިދާރާއަށް އެންމެ ފުރަތަމަ ވަޑައިގަންނަވާ ފަރާތްތަކަށް އިސްކަންދީގެން، ކަދުރު ހުސްވަންދެންކަމުގައި ދަންނަވަމެވެ.

ވީމާ، ކަދުރު ބަލައި ދުރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން މިދެންނެވި މުއްދަތުގައި ކެނދިކުޅުދޫ ކައުންސިލަށް ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

27 މުޙައްރަމް 1448

 

12 ޖުލައި 2026