ޢާންމު މަޢުލޫމާތު
ނަންބަރު: 610-A/2026/13
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 21:57
ސުންގަޑި: 23 ޖުލައި 2026 13:00
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގުކޮމެޓީގެ މެންބަރުންގެ ދަފްތަރު އަލުން އެކުލަވާލުން

މި ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޝަރުޢީ އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށްޓަކައި ޤާއިމްކޮށްފައިވާ އަގު ކޮމެޓީގެ މެންބަރުންގެ ދަފްތަރުގެ މުއްދަތު ހަމަވެފައިވާތީ އެ ދަފްތަރު އަލުން އެކުލަވާލުމަށްޓަކައި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އަގުކޮމެޓީގެ މެމްބަރު

ދަފްތަރުގެ މުއްދަތު:

ކޮމެޓީ އެކުލަވާލާ ދުވަހުން ފެށިގެން 03 (ތިނެއް) އަހަރު

ބޭނުންވާ އަދަދު:

މަދުވެގެން 03 (ތިނެއް)

ކުރަންޖެހޭ މަސައްކަތް:

އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ދާއިރާގެ އެހެން މެޖިސްޓްރޭޓް ކޯޓަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން.

އުޖޫރައާއި އިނާޔަތްތައް:

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ.

(ނޯޓު: އެހެން ރަށެއްގެ  ކޯޓަކުން މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ އެހީތެރިކަން ހޯދާނަމަ، މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ ދިނުމުގެ އިތުރަށް ހުރުމާއި، ކެއުމާއި، ދަތުރު ޚަރަދު އެކޯޓަކުން ހަމަޖައްސައިދޭނެ.)

އަސާސީ ޝަރުޠު:

  • ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • ލިޔަންކިޔަން ދަތުމާއެކު މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާސިލްވެފައިވުން؛ ނުވަތަ، ލިޔަންކިޔަން ދަތުމާއެކު މަދުވެގެން 01 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަސައްކަތް ޙަވާލުކުރުން:

ކޯޓަށް ހުށަހެޅިފައިއޮތް މައްސަލަތަކާ ގުޅިގެން ތަނެއްގެ ނުވަތަ އެއްޗެއްގެ އަގުކުރަން ޖެހިއްޖެނަމަ، ޝަރުޢީ އަގުކޮމިޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ތެރެއިން މަދުވެގެން 03 (ތިނެއް) މެމްބަރަކާ މަސައްކަތް ޙަވާލުކުރެވޭނެ. އަދި އަގު ކޮމިޓީގެ މެމްބަރެއްގެ މަސްލަހަތު އޮންނަ މައްސަލަތަކުގައި ކޮމިޓީގެ މެމްބަރުކަން ނުކުރެވޭނެ.

ކޯޓަށް ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ "އަގުކޮމިޓީގެ މެމްބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު".
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށުގެ ލިޔުންތައް ފެންނަ).
  • މެމްބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި، މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ނޯޓް: މި ކޯޓުގެ އީމެއިލް [email protected] އަށް މެއިލްކުރައްވާ ނަމަ، އެއް PDF ފައިލެއްގެ ގޮތުގައި ފޮނުވައިދެއްވުން އެދެމެވެ.)

ސުންގަޑި:

2026 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން.

27 މުޙައްރަމް 1448

12 ޖުލައި  2026

12 ޖުލައި 2026