ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)294-C/294/2026/33
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 16 ޖުލައި 2026 13:00
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މަނަދޫއިން ދިރިއުޅުމައްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުން

ޢިއުލާން

ނ.މަނަދޫއިން ދިރިއުޅުމައްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުން

ނ.މަނަދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ، މިދަންނަވާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން، 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ދުރުވެ އެފަރާތެއްގެ ރުއްގަސް މިއިދާރާގައި ނޯޓް ކުރެއްވުން އެދެމެވެ. އަދި މުއްދަތު ހަމަވުމަށްފަހު އަންނަ އެއްވެސް ފަރާތެއްގެ މައުލޫމާތު ބަލައިނުގަނެވޭނެ ވާހަކަވެސް ހިތާމައާއިއެކު ދަންނަވަމެވެ.

  • ·        މިރިހިމަގު (ވިލެޖްމަގު) ގެ ހުޅަނގު ދެކުނުގައި މިކައުންސިލުން ރަތް ކުލައިގެ ދަވާދުން ނަންބަރ ޖަހާފައިވާ 12 ރުއް/ގަސް (1 ކުން ފެށިގެން 12 އާއި ހަމައަށް)
  • ·        ނާމަގު ހިނގުމުގެ ހުޅަނގުން ފުލެޓްއަޅަން ކަނޑައަޅާފައިވާ ސަރަޙައްދުގެ ދެކުނުން، މިކައުންސިލުން ރަތް ކުލައިގެ ދަވާދުން ނަންބަރ ޖަހާފައިވާ 9 ރުއް/ގަސް (13 އިން ފެށިގެން 21 އާއި ހަމައަށް)

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

  

  12 ޖުލައި 2026

12 ޖުލައި 2026