ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)221-BU/221/2026/12
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 16 ޖުލައި 2026 12:00
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން

 (IUL)221-BU/221/2026/12 :ނަންބަރު
އިޢުލާން

 

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2026

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010)ގެ 59 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 (އެކެއް) މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 (އެކެއް) މެންބަރަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 (އެކެއް) މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު 2026 އޯގަސްޓް 08 ވާ ހޮނިހިރު ދުވަހު އޮންނާނެއެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި އިޢުލާން ގެޒެޓްކުރާ ދުވަހު (12 ޖުލައި 2026) ން ފެށިގެން، 2026 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 12:00 އާ ހަމަޔަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެއެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި އޮތޯރިޓީގެ[email protected]  އީ-މެއިލް މެދުވެރިކޮށެވެ. އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ހުރިހާ ފައިލެއްގެ ސައިޒް އެއްކޮށްލުމުން 10 އެމް.ބީ އަށްވުރެ ބޮޑުވެގެން ނުވާނެއެވެ. މި އޮތޯރިޓީއަށް އީ-މެއިލް ލިބުނުކަން ފޯމު ހުށަހަޅާ ފަރާތުން ކަށަވަރުކުރަންވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެއްވެސް ދަތިކަމެއް ދިމާވާނަމަ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި އޮތޯރިޓީއަށް ޙާޟިރުވެ ފޯމު ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ.

ޙާޟިރުވެގެން ފޯމު ހުށަހަޅާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، މާލެ) އަށެވެ. އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު އޮތޯރިޓީއަށް ޙާޟިރުވެގެން ހުށަހެޅޭނީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 14:00 އަށެވެ.

އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމަށް ޖަވާބު ދިނުން ހަމަޖެހިފައިވަނީ އީ-މެއިލް މެދުވެރިކޮށެވެ. އެއްވެސް ސަބަބަކާ ގުޅިގެން ފޯމު ބަލައިނުގަނެވޭނަމަ، ބަލައިނުގަނެވުނު ސަބަބު އީ-މެއިލް މެދުވެރިކޮށް، ފޯމު ލިބުނުތާ 24 ގަޑިއިރުގެ ތެރޭގައި، އަންގާނެއެވެ. އަދި ފޯމު އިސްލާހުކޮށްފައި އަލުން ހުށަހެޅުމަށް ފުރުޞަތު ދެވޭނެއެވެ. މި ފަދައިން ދެވޭ ފުރުޞަތުގައިވެސް އިސްލާހުކޮށްފައި ފޯމު ހުށައެޅުމަށް ދެވޭނެ އެންމެ ފަހުގެ މުއްދަތަކީ 2026 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 12:00 އާ ހަމަޔަށް ކަމުގައި ދަންނަވަމެވެ.

 

ކުރިމަތިލާ ފަރާތެއްގައި ހުންނަންޖެހޭ ޝަރުޠުތައް

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ކުރިމަތިލާ ފަރާތެއްގައި އަންނަނިވި ޝަރުޠު ފުރިހަމަވާންވާނެއެވެ.

  1. ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އިންތިޚާބުވެ، އިޤުރާރުގައި ސޮއިކޮށްފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުން، ނުވަތަ،
  2. ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އިންތިޚާބުވެ، ހުވައިކޮށްފައިވާ ރަށު ކައުންސިލްގެ މެންބަރުން، ނުވަތަ،
  3. ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އިންތިޚާބުވެ، ހުވައިކޮށްފައިވާ ސިޓީ ކައުންސިލްގެ މެންބަރުން.

 

އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި ލިޔުންތަކާއި ތަކެތި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅަން ވާނެއެވެ.

  1. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ކުރިމަތިލުމަށް އެދޭ ފޯމު.
  2. ކެންޑިޑޭޓުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސެންސްގެ ކޮޕީ.
  3. ކެންޑިޑޭޓުގެ ޕާސްޕޯޓް ސައިޒް ފޮޓޯގެ ސޮފްޓް ކޮޕީ (JPEG ފޯމެޓުގައި).

އޮތޯރިޓީއަށް ޙާޟިރުވެ ފޯމު ހުށަހަޅަނީ ކެންޑިޑޭޓު ނޫން އެހެން ފަރާތެއްނަމަ، އެފަރާތަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަން ވާނެއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އޯގަސްޓް 08 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ން ހަވީރު 16:00 އަށެވެ. ކިޔު ބަންދުވާ ގަޑިއަކީ 16:00 ކަން ބަޔާންކޮށްފައިވީ ނަމަވެސް، ކިޔު ބަންދުކުރުމުގެ ކުރިން ކިޔުއަށް އަރާ ފަރާތަކަށް ވޯޓު ލުމުގެ ފުރުޞަތު ލިބޭނެއެވެ.  އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތު ކޮޅަކަށް ފަހުއެވެ. ވޯޓު ގުނައި ނިމުމުން އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާން ކުރެވޭނެއެވެ. އަދި ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ  2026 އޯގަސްޓް 11 ވާ އަންގާރަ ދުވަހުއެވެ.

12 ޖުލައި 2026