ދިވެހިރާއްޖެ
މިކޯޓުގައި ނީލަމުގައި ވިއްކާލުމަށް ބޭނުންވެފައިހުރި ބައެއް ތަކެތި ނީލަން ކިޔުމަށް މީގެ ކުރިން މިކޯޓުން ކުރެވުނު ނަންބަރު: 522-A/2026/08 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ސައުގުވެރިކަން ފާޅުކޮށްފައިނުވާތީ އަލުން މިތަކެތި ނީލަންކިޔުން 2026 ޖުލައި 17 ވާ (ހުކުރު) ދުވަހުގެ 16:00 ގައި މިކޯޓުގައި އޮންނާނެއެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 2026 ޖުލައި 19 ވާ (އާދިއްތަ) ދުވަހުގެ 12:00 ގެ ކުރިން ދައްކަވާ ނިންމަވަން ވާނެއެވެ. މިމުއްދަތުގައި ފައިސާ ނުދައްކަވާ ނީލަންތައް ކެންސަލްކުރެވޭނެއެވެ. ނީލަމުން ނެންގެވި ތަކެއްޗަށް ފައިސާދައްކަވާފައިވާ ފަރާތްތަކަށް ތަކެތި ދޫކުރުން 2026 ޖުލައި 19 ވާ (އާދިއްތަ) ދުވަހުގެ 12:00 ން ފެށިގެން 14:00 އަށް މިކޯޓުގައި އޮންނާނެއެވެ. މިނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކޯޓުގެ އެދުމެކެވެ. ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
|
ޢަދަދު |
ތަފްޞީލް |
ނީލަންފެށޭ އަގު (ރުފިޔާ) |
ފަހަރަކު މަދުވެގެން އިތުރުކުރެވޭ ޢަދަދު (ރުފިޔާ) |
|
1 |
އެއަރކަންޑީޝަން (9000ބީޓީޔޫގެ) |
1100.00 |
110.00 |
|
2 |
ކޮމްޕިއުޓަރ މުނީޓަރ (އެސަރ). |
92.50 |
4.50 |
|
3 |
ކޮމްޕިއުޓަރ މުނީޓަރ (އެސަރ). |
92.50 |
4.50 |
|
4 |
ކޮމްޕިއުޓަރ ސިސްޓަމް (އެސަރ). |
667.50 |
33.37 |
|
5 |
ކޮމްޕިއުޓަރ ސީޕީޔޫ (އެސަރ). |
650.00 |
65.00 |
|
6 |
ކޮމްޕިއުޓަރ ކީބޯރްޑް (ޑެލް). |
37.50 |
1.50 |
|
7 |
ކޮމްޕިއުޓަރ ކީބޯރްޑް (އެމަރސައިން). |
15.00 |
1.50 |
|
8 |
ކޮމްޕިއުޓަރ މައުސް (ޑެލް). |
7.50 |
0.72 |
|
9 |
ކޮމްޕިއުޓަރ މައުސް (އެސަރ). |
7.50 |
0.72 |
|
10 |
ފުޓޯކޮޕީމެޝިން (ބްރަދަރ). |
190.80 |
9.54 |
|
11 |
ވެލީގަޓަރ (ލައިސާޓް). |
96.00 |
4.80 |