ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)473-HR/473/2026/67
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 17:05
ސުންގަޑި: 16 ޖުލައި 2026 13:30
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރ

އިޢުލާނު

 

މަޤާމު:

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-457203

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 5 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޕްރެޖެކްޓް އިންޕްލިމެންޓޭޝަން ސެކްޝަން / މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މާލެ

މުސާރަ:

މަހަކު 9,495.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 2,850.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް 75 ރުފިޔާ
  2. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރޮޖެކްޓުތަކުގެ ޕްރޮޖެކްޓް އެޕްރައިސަލް ޑޮކިއުމަންޓް (ޕީ.އޭ.ޑީ)، ޕްރޮކިއުމަންޓް ޕްލޭން، ފައިނޭންޝިއަލް މެނުއަލް، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޕްލޭން (ޕީ.އައި.ޕީ) ލޮގް ފްރޭމްއާއި އެހެނިހެން ދިރާސާ ކުރުމަށް ބޭނުންވާ ލިޔުންތަކަށް ރިއާޔަތްކޮށް ޕްލޭން ތައްޔާރުކޮށް ބެލެހެއްޓުން.
  2. އެނުއަލް ވޯކް ޕްލޭން އާއި ބަޖެޓުތައް ތައްޔާރުކޮށް އޭގެ ކުރިއެރުންތައް ބެލެމުށް ޕްރޮޖެކްޓް ޑިރެކްޓަރއަށް އެހީތެރިކަން ފޯރުކޮށްދިނުން.
  3. ޕްރޮޖެކްޓްގެ ހަރަކާތްތަކަށް ބޭނުންވާ މައުލޫމާތާއި ޑޭޓާތައް ހޯދުން.
  4. ސަރވޭ ބޭނުންނުވާ ޕްރޮޖެކްޓު ދާއިރާތަކަށް ސަރުކާރާއި، އަމިއްލަ ކުންފުނިތަކާއި ސްޓޭކްހޯލްޑަރުންގެ ފަރާތުން ބޭނުންވާ މަޢުލޫމާތުތައް ހޯދުން.
  5. ޑޭޓާބޭސް އުފައްދައި ޕްރޮޖެކްޓްގެ ފަންނީ އަދި މާލީ ކުރިއެރުންތައް ބެލޭނެ ނިޒާމެއް ޤާއިމްކުރުން.
  6. އެމް. އެންޑް އީ އާއި ގުޅޭގޮތުން ދިމާވާ އެންމެހާ މައްސަލަތަކުގެ ތަފްޞީލް ބެލެހެއްޓުން.
  7. ޕްރޮޖެކްޓު ގުޅުން ހުރި މަސައްކަތު ފެންވަރު ރަނގަޅު ކުރުމަށް ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން.
  8. އެމް. އެންޑް އީ ސިސްޓަމާއި، ޕްރޮސެސްތަކާއި ޕްރޮސިޖާތައް އިމްޕްލިމެންޓިންގ އެޖެންސީތަކުން ހިންގާގޮތް ބެލެހެއްޓުން.
  9. ޕްރޮޖެކްޓާއި ގުޅޭގޮތުން ބާއްވާ ބައްދަލުވުންތަކާއި، ވޯކްޝޮޕްތަކާއި ތަމްރީންތަކުގައި ބައިވެރިވެ ހިޔާލުތައް ހުށަހެޅުން.
  10. މިނިސްޓްރީއަށް ޕްރޮޖެކްޓުގެ އިމްޕްލިމެންޓޭޝަން ކުރިއެރުންތަކުގެ އަދާހަމަ ފޯރުކޮށްދިނުމަށް ފޯކަލް ޕޮއިންޓެއް ގޮތުގައި މަސައްކަތްކުރުން.
  11. ޕްރޮޖެކްޓާއި ގުޅުންހުރި އެހެނިހެން މުވައްޒަފުންނަށް އަހަރީ ވޯކް ޕްލޭނާއި، މަހުން މަހަށް ހަދަންޖެހޭ ޕްރޮޖެކްޓު ރިޕޯޓްތަށް ތައްޔާރުކުރުން.
  12. ޕްރޮޖެކްޓުގެ ލަނޑުދަޑިތައް ހާޞިލުކުރުމަށް ފީލްޑް ވިސިޓްތައް ރޭވުމާއި އެތަންތަނަށް ގޮސް މޮނިޓަރކުރުން.
  13. ޔުނިޓުން ފޮނުވަންޖެހޭ ސިޓީ އަދި ނޯޓުތައް ތައްޔާރުކޮށް ފޮނުވުމާއި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.
  14. ޕްރޮޖެކްޓާއި ގުޅުންހުރި އެހެނިހެން މުވައްޒަފުންނަށް އަހަރީ ވޯކް ޕްލޭނާއި، މަހުން މަހަށް ހަދަންޖެހޭ ޕްރޮޖެކްޓު ރިޕޯޓްތަށް ތައްޔާރުކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ/ އެސޯސޮއޭޓް ޑިގްރީ ހާސިލުކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެކައުންޓިންގ 
  2. ބިލްޑިންގ ކޮންސްޓްރަކްޝަން 
  3. ބިލްޑިންގ ސައިންސް 
  4. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  5. ބިޒްނަސް މެނޭޖްމަންޓް 
  6. ސިވިލް އިންޖިނިއަރިންގ 
  7. ކޮންސްޓްރަކްޝަން 
  8. ކޮންސްޓްރަކްޝަން މެނޭޖްމަންޓް 
  9. ކޮންސްޓްރަކްޝަން ސައިންސް 
  10. ކޮންސްޓްރަކްޝަން ސައިޓް މެނޭޖްމަންޓް 
  11. ޑިވެލޮޕްމަންޓް ސްޓަޑީޒް 
  12. އެންވަޔަރަންމަންޓަލް މެނޭޖްމަންޓް 
  13. އެންވަޔަރަންމަންޓަލް ސައިންސް 
  14. ފައިނޭންސް 
  15. އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް 
  16. ލޮޖިސްޓިކްސް މެނޭޖްމަންޓް 
  17. މެނޭޖްމަންޓް 
  18. މެރީން ކޮންޒަރވޭޝަން 
  19. މެރީން ރިސޯސް މެނޭޖްމަންޓް 
  20. އޮޕަރޭޝަންސް މެނޭޖްމަންޓް 
  21. ޕްރޮކިއުމަންޓް މެނޭޖްމަންޓް 
  22. ޕްރޮޖެކްޓް މެނޭޖްމަންޓް 
  23. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  24. ސްޓްރަކްޗަރަލް އިންޖިނިއަރިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ޕްރޮޖެކްޓްތައް މެނޭޖްކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
  2. ޕްރޮޖެކްޓް ނިސްބަތްވާ ސިނާއަތުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

    (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖުލައި 16 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު، ޗާންދަނީމަގު/ މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން އާއިއެކު ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއްފައިލް އަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުން އެދެމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިޙާނު އޮންނާނީ، 2026 ޖުލައި 19 އާއި 2026 އޮގަސްޓު 19 އާ ދެމެދު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު، ޗާންދަނީމަގު/ މާލެ) ގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7226046 ނުވަތަ 3036904 /3036905 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                       24 މުޙައްރަމް 1448

09 ޖުލައި 2026