ދިވެހިރާއްޖެ
ހއ.އުތީމު ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް 1448 ވަނަ އަހަރުގެ ޤައުމީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ބެނުންވާ ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ބިޑްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ހީރަސްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 14 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވާފައިނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވާ ފަރާތްތަކަށް ބިޑު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ކަރުދާހާއި އަދި ބޭނުންވާ ތަކެތީގެ ލިސްޓް ހިއްސާކުރެވޭނެއެވެ. އަދި، އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ އެ މުއްދަތުގެ ތެރޭގައި ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމަތު އީމެއިލް ކުރެއްވުން އެދެމެވެ.
ބިޑް ހުށަހެޅުން އޮންނާނީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި ހއ.އުތީމު ކައުންސިލްގެ އިދާރާގައެވެ.
ތިރީގައިވާ ލިޔުންތަކަކީ ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުންތައް:
- ބީލަން ފޯމް
- އެސްޓިމޭޓް
- ޕްރޮފައިލް
- ކުންފުނީގެ ރަޖިސްޓްރީ
- ޖީ.އެސް.ޓީ ރަޖިސްޓްރީ
- ޓެކްސް ކްލިއަރަންސް
- އެސް.އެމް.އީ ރަޖިސްޓްރީ
- ޖުމުލަ އަގު 500،000 އައްވުރެ މަތިވާނަމަ ޖުމުލަ އަގުގެ %1 ގެ ބިޑް ސެކިއުރިޓީ
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6500038 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.