ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)353/353/2026/46
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 15 އޮގަސްޓް 2026 23:59
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަޖިސްޓްރީނުކޮށް ހިންގާ ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަށް

އިޢުލާނު 

ރަޖިސްޓްރީނުކޮށް ހިންގާ ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަށް

          ހުއްދަ ނުނަގައި އެކިއެކި ވިޔަފާރިތައް މިރަށުގައި ހިންގަމުންދާކަން ފާހަކުރެވިފައިވާތީ، މިހާތަނަށް ރަޖިސްޓްރީނުކޮށް ހިންގަމުން ގެންދާ ގެސްޓްހައުސްތަކާއި ޑައިވް ސެންޓަރ އަދި ކެފޭ ރެސްޓޯރަންޓް އަދި އެހެނިހެން ވިޔަފާރިކުރާ ތަންތަން ރަޖިސްޓްރީކުރުމަށް، ވިޔަފާރި ކުރާ ފަރާތްތަކަށް އަންގަމެވެ.

            ރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީނުކޮށް ހިންގުމަކީ ޤާނޫނީ ގޮތުން މަނާކަމެއް ކަމަށްވާތީ މިރަށުގައި  ރަޖިސްޓްރީނުކޮށް ހިންގާ ހުރިހާ ވިޔަފާރިތައް 15 އޮގަސްޓް 2026 ގެ ކުރިން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ގައި ރަޖިސްޓްރީކުރުމަށް އަންގަމެވެ.

           ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޖުލައި 2026