ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2026/57
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 13 ޖުލައި 2026 14:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުއްޔަށް ދޫކުރާ ކޮޓަރި/އެޕާޓްމަންޓްގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ:

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށް ރަށަށް ދުރުވާ ބޭފުޅުންގެ ހުރުން ހަމަޖެއްސުމާއި ރަށުން ބޭރުން އަންނަ ފަރާތްތަކުގެ ހުރުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި، ކުއްޔަށް ދޫކުރާ  ކޮޓަރި/އެޕާޓްމަންޓްގެ ދަފުތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.

އެހެންކަމުން، މިރަށުގައި ކުއްޔަށް ކޮޓަރި ދޫކުރާ ފަރާތްތަކުން 2026 ޖުލައި 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލްގައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރެއްވުމަށް ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.

ގޫގުލް ފޯމްގެ ލިންކް: https://forms.gle/9FNzVHDiXAm8FKKb7

                   ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.                          

08 ޖުލައި 2026