ޢާންމު މަޢުލޫމާތު
ނަންބަރު: (5)394/2026/07
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 11:35
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރުގެ 9 ވަނަ ޢާއްމު ޖަލްސާ)

ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރު)

 

ނަމްބަރ (5)394/2026/07 :

ނިންމުން ނިންމި ޖަލްސާ

ޖަލްސާގެ ތަފްޞީލް: 05 ވަނަ ދައުރުގެ 09 ވަނަ އާއްމު ޖަލްސާ (2026/18)

ޖަލްސާ ބޭއްވި ތާރީޚް: 05 ޖުލައި 2026

ޖަލްސާ ބޭއްވި ގަޑި: 13:15 އިން 12:45 އަށް

ކައުންސިލްގެ ނިންމުން

މައްސަލައިގެ ޚުލާޞާ:

 - " ކޮޅުމަޑުލު އޮމަދޫ ބަނދަރު ބެލެހެއްޓުމާބެހޭ އުޞޫލް" ގެ 24 ވަނަ މާއްދައަށް މަޝްވަރާކޮށް ގޮތެއްނިންމުން.

 - އަޙުމަދު މުޙައްމަދު ސޯޝަންވިލާ ތ.އޮމަދޫ 29 ޖޫން2026 ގައި ހުށަހަޅާފައިވާ ސިޓީގައިވާ މައްސަލައާމެދުމަސްވަރާކުރުން ( މަހުގެ ބާވަތްތަކުންތަކެތި އުފެއްދުމަށް ދޫކުރެވުނު ބިމުގެ ފައިސާދެއްކުމުގެ މުއްދަތު އިތުރުކުރުން )

 މައްސަލަ ނިންމި ގޮތުގެ ޚުލާޞާ:

- " ކޮޅުމަޑުލު އޮމަދޫ ބަނދަރު ބެލެހެއްޓުމާބެހޭ އުޞޫލް" ގެ 24 ވަނަ މާއްދައަށް މަޝްވަރާގެ ތެރެއިން ބަނދަރުން ކަރަންޓް ބޭނުންކުރާ ކޮންމެ ގަޑީރަކަށް ކުރިން ނަގަމުން އައި 10 ރުފިޔާ, 7 ރުފިޔާއަށް ކުޑަކުރުމަށް ރިޔާސަތުން ހުށަހަޅިއެވެ. މިހުށަހެޅުމަށް ވޯޓަށް އެއްސެވުމުން މެންބަރުންގެ އިއްތިފާޤުން ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.

 

 -މަހުގެ ބާވަތްތަކުން ތަކެތި އުފެއްދުމަށް އަޙްމަދު މުޙައްމަދަށް ދޫކުރެވުނު ބިމުގެ ފައިސާދެއްކުމުގެ މުއްދަތު އިތުރުކުރަން ނުފެންނަކަމަށް ފެނިވަޑައިގަންނަވާ މެންބަރުން ވޯޓު ދެއްވުމަށް ރިޔާސަތުން އެދުނެވެ. ވޯޓަށް އެއްސެވުމުން މެންބަރުންގެ އިއްތިފާޤުން ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.

 

 

 

ވޯޓުދިން ގޮތުގެ ތަފްޞީލް:

ކައުންސިލް މެމްބަރުންގެ ޢަދަދު 3،  ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 3،  ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 3، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 3

05 ޖުލައި 2026