ދިވެހިރާއްޖެ
ޏ.ފުވައްމުލަކުގައި އޮންނަ ސީ އެމްބިއުލަންސްގެ ޑްރައިވަރު މަގާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ބޭނުންވެއެވެ.
|
މަގާމު: |
ސީނިއަރ ސީ-އެމްބިއުލަންސް ޑްރައިވަރު ގްރޭޑް 2 (ޏ.ފުވައްމުލަކުގައި އޮންނަ ސީ އެމްބިއުލަންސް) |
|
ބޭނުންވާ ޢަދަދު |
01 (އެކެއް) |
|
މުސާރަ: |
މަހަކު 12,565.00 ރުފިޔާ |
|
މަގާމުގެ އެލަވަންސް: |
މަހަކު 6,745.00 ރުފިޔާ |
|
އެހެނިހެން އެލަވަންސާއި އުޖޫރަ: |
ސީ-އެމްބިއުލަންސް އޮޕަރޭޝަންސް އެލަވަންސްގެ ގޮތުގައި ދުވާލު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި ދުވަހަކަށް 100.00 ރުފިޔާ އަދި ރޭގަނޑު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި ރެއަކަށް 150.00 ރުފިޔާ ލިބޭނެއެވެ. ނޯޓް: މި މަގާމަކީ ގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު)ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މަގާމަކަށްވާތީ، އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ. |
|
މަގާމަށްއައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުންލާޒިމު ތަމްރީނުތަކާއި، މަސައްކަތުގެ ތަޖުރިބާ |
1- ނިޔަމިކަމުގެ ސަނަދު 1 ނުވަތަ 2 ގެ ސެޓްފިކެޓް 2- ކަނޑުދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް B ކެޓަގަރީގެ ލައިސަންސެއް އޮތުން. 3- މަގާމަށް ކަނޑައަޅާފައިވާ ކެޓަގަރީގެ ކަނޑު އުޅަނދު ދުއްވުމުގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު: |
1- ލޯންޗުގެ ކަންތައްތައް ބެލެހެއްޓުމާއި ދަތުރުތަކުގެ ކަންކަން އިސްވެ ކުރުން. 2- ސީ އެމްބިއުލަންސް ޑްރައިވަރެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން. |
|
ޢާއްމުކޮށް މަސައްކަތްކުރަންޖެހޭ ތަން: |
މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޢާއްމުކޮށް މަސައްކަތްކުރަންޖެހޭނީ އެ ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައެވެ. |
|
އިތުރު މަޢުލޫމާތު: |
ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2026 ޖުލައި 14 ވާ އަންގާރަ ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް ދިފާޢީ ވުޒާރާ އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ. |
21 މުޙައްރަމް 1448