|
މަޤާމު:
|
ސީނިއަރ ޓްރެއިނިންގ އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
|
ވަޒީފާ އަދާކުރާ އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް:
|
ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް
|
|
ގްރޭޑް:
|
7
|
ސްޕައިން ޕޮއިންޓް:
|
31
|
|
މުސާރަ:
|
މަހަކު 8,850.77 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,793.19ރުފިޔާ
|
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް
|
|
ކޮންޓްރެކްޓް މުއްދަތު:
|
2 އަހަރު
|
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
- ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
- ސްޓާފް ޖިމް ފެސިލިޓީ
- ލައިބްރަރީ މެމްބަޝިޕް
|
|
މަގާމުގެ ޝަރުތު:
|
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެޓިފިކެޓެއް ހާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން އަދި އޮޕަރޭޝަނަލް ޕްލޭންގައި ކަނޑައެޅޭ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް ޔުނިވަރސިޓީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމްތައް ރާވާ ހިންގުމަށް އެހީތެރިވުން.
- ޔުނިވަރސިޓީގެ މުވައްޒަފުންނަށް ބޭނުންވާ ކުރު މުއްދަތުގެ ޕްރޮފެޝަނަލް ޑެވެލޮޕްމަންޓް ފުރުޞަތުތައް އަދި އެހެނިހެން ތަމްރީނު ފުރުޞަތުތައް ދެނެގަތުމުގައި ސެކްޝަންގެ ވެރިޔާ އަންގަވާ ގޮތެއްގެ މަތިން ކުރަންޖެހޭ ކަންކަން ކުރުމާއި އެހީތެރިވުން.
- މުވައްޒަފުންގެ ވަޒީފާއާ ގުޅޭގޮތުން ތަނުން ދޭންޖެހޭ ތަމްރީންތައް ރޭވުމުގައްޔާއި ހިންގުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމާއި ކޯހުގައި ކިޔަވައިދޭ ފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުން. އަދި މިފަދަ ތަމްރީނުތަކުގެ ފީޑްބެކް ނެގުމާއި، އިމްޕެކްޓް ދެނެގަތުމުގައި ކުރަންޖެހޭ ކަންކަމުގައި އެހީތެރިވެދިނުން.
- ޔުނިވަރސިޓީގެ ފަރާތުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ކޯހުގެ ކަންކަން ބަލާ، ބަލަހައްޓަންޖެހޭ ރެކޯރޑްތައް ބެލެހެއްޓުމާއި، ހޯދަންޖެހޭ މަޢުލޫމާތު ހޯދުމުގައި ހަރަކާތްތެރިވުން. އަދި އެފަރާތްތަކުން ފޮނުވާ ކަންކަން ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާ މުއާމަލާތުކުރުން.
- ޔުނިވަރސިޓީގެ ފަރާތުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ސްޓައިޕެންޑް އަދި ކޯސްފީއަށް ޤަވާޢިދުން ދައްކަންޖެހޭ / ޖަމާކުރެވޭ ޢަދަދުތަކުގެ ހިސާބުތަކާއި އޭގެ ތަފްޞީލު ބަލަހައްޓައި، ފައިސާ ޖަމާކުރުމަށް ފައިނޭންސް ސެކްޝަނަށް ފޮނުވާ ރިކުއެސްޓްތަކާއި ލިޔުންތައް ފައިނޭންސް ސެކްޝަނަށް ފޮނުވާ، ފައިސާ ޖަމާކުރިތޯ ބަލައި ކަށަވަރުކުރުން.
- ޔުނިވަރސިޓީގެ ސްޓާފް ޑެވެލޮޕްމަންޓް ސިޔާސަތުގެ ދަށުން ފައިސާގެ އެހީއަށް އެދިފައިވާ މުވައްޒަފުންގެ ކޯސްފީއަށް ޤަވާޢިދުން ދައްކަންޖެހޭ / ޖަމާކުރެވޭ ޢަދަދުތަކާއި އޭގެ ހިސާބުތަކުގެ ތަފްޞީލު ބަލަހައްޓައި، ފައިސާ ޖަމާކުރުމަށް ފައިނޭންސް ސެކްޝަނަށް ފޮނުވާ ރިކުއެސްޓްތަކާއި ލިޔުންތައް ފައިނޭންސް ސެކްޝަނަށް ފޮނުވާ ފައިސާ ޖަމާކުރިތޯ ބަލައި ކަށަވަރުކުރުން.
- ސެމިނަރ ކޮންފަރެންސް ވާރކްޝޮޕް އަދި ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ބޭނުންވާ ޓިކެޓް/ވިސާ އަދި އެހެނިހެން ކަންތައްތައް ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ޤަވާއިދުން ކުރުން.
- ސެކްޝަންގެ ލިޔެކިޔުންތައް ރަނގަޅު ގޮތުގައި ބެލެހެއްޓުމާއި، އެކިބާވަތުގެ ރެކޯރޑްތައް ބަލަހައްޓައި، ހަމަޖެހިފައިވާ ނިޒާމްގެތެރެއިން އެކިފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެހީތެރިކަން ދިނުން.
- ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމް ބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
- މުވައްޒަފުންގެ ތަމްރީނުތަކާއި ގުޅިގެން ހަދާޤަވާއިދުތަކާއި އަދި އުސޫލުތައް ލިޔުމާއި، މުރާޖާކޮށް އަދާހަމަކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ހިއުމަން ރިސޯސް މެނެޖްމަންޓް ކޮމިޓީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެކޮމިޓީއަށް ހުށަހަޅައި، ކޮމެޓީގެ ނިންމުން އަންގަން ޖެހޭ ފަރާތްތަކަށް އަންގާ ވިލަރެސްކުރުން.
- އެހެން ޑިޕާޓްމަންޓްތަކުން އަދި އޮފީސްތަކުން އެދިލައްވާ ސްޓެޓިސްޓިކްސް އަދި މަޢުލޫމާތު ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ތައްޔާރުކޮށް ފޮނުވުން.
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
2026 ޖުލައި 15 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2026-125
|
|
ނޯޓް:
|
- ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.
|