ދިވެހިރާއްޖެ
ހޯރަފުށީ ފެރީ ގިމަތައިގެ ޓަކްޝޮޕާއި ކިއޮސްކް ކުއްޔަށް ދޫކުރުން
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
ހޯރަފުށީ ފެރީ ގިމަތައިގެ ޓަކްޝޮޕާއި ކިއޮސްކް 15 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. ވީމާ، މި ޢިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބިޑުގައި ރަޖިސްޓްރީ ވެލެއްވުމަށްފަހު، މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ފޮތް އަދި ބީލަމާއި ގުޅޭ ކުރެހުންތައް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅު ވާނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ސުންގަޑި |
|
ރަޖިސްޓަރީވުމުގެ ސުންގަޑި |
12 ޖުލައި 2026 |
އާދީއްތަ |
11:00 (ހެނދުނު) |
|
ބީލަން ހުށަހެޅުން |
16 ޖުލައި 2026 |
ބުރާސްފަތި |
11:00 (ހެނދުނު) |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން
ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ފޯމް ފުރިހަމަ ކުރުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.
ގޫގުލްފޯމް ލިންކް:
https://forms.gle/ZJ92kN9VwMjs6pxc9
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500012/6500030 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
22 މުޙައްރަމް 1448