ވަޒީފާގެ ފުރުޞަތު
ނަންބަރު: HR-MPL/IUL/2026/96
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 13 ޖުލައި 2026 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ސުޕްރިންޓެންޑެންޓް

 ވަޒީފާގެ ފުރުޞަތު

 

މަޤާމް :

ސީނިއަރ ސުޕްރިންޓެންޑެންޓް 

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރައާއި އެލަވަންސް:

1.       މުސާރަ: މަހަކު 10,000/- ރުފިޔާ (ދިހަ ހާސް ރުފިޔާ)

2.       ސަރވިސް އެލަވަންސް: މަހަކު 4,500/-ރުފިޔާ (ހަތަރު ހާސް ފަސް ސަތޭކަ ރުފިޔާ)

3.       ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ (ސަތޭކަ ވިހި ރުފިޔާ)

4.       ހެލްތު އިންޝޫރަންސް އަދި އެހެނިހެން އިނާޔާތްތައް

5.       އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

·         މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވެލް 7 ގެ ފާހެއް އޮތުމާއެކު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

·         މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވެލް 6 ގެ ފާހެއް އޮތުމާއެކު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް

·         ކުންފުނީގެ މައި ޢިމާރާތާއި ޕޯސްޓަލް އެކި އައުޓްލެޓްގެ ސެކިއުރިޓީ އަދި މެއިންޓަނަންސް އާއި ބެހޭ މަސައްކަތްތައް

·         ކުންފުނީގެ ވެހިކަލްތަކުގެ ސަރވިސް އަދި މެއިންޓަނަންސް ބެލެހެއްޓުން 

·         ކަރަންޓް އަދި ފެން ފަދަ ޔުޓިލިޓީޒް ޚިދުމަތްތައް ރައްކާތެރި ނިޒާމެއްގެ ތެރެއިން ބެލެހެއްޓުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

·         ވަޒީފާގެ މަސައްކަތު ދާއިރާއަށް ބޭނުންވާ މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު 

·         ޕްލޭން ކުރުމާއި ރާވައި ހިންގުމުގެ ޤާބިލުކަން

·         ޓީމެއްގެގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުމާއެކު މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެވޭ ފަރާތަކަށްވުން  

·         ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުމާއެކު ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން.

·         އެކިއެކި ފަރާތްތަކާ މުޢާމަލާތު ކުރުމުގެ ހުނަރު ހުރުން

·         ޓާގެޓް ހާސިލުކުރުމަށްޓަކައި ބުރަކޮށްމަސައްކަތް ކުރުމުގެ ޤާބިލްކަން ހުރި މަސައްކަތުގައި ގިނަވަގުތު އުޅެވޭ މީހެއްކަމުގައިވުން

·         ވޭތުވެދިޔަ 5 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

·         ކުރެވޭ އިންޓަރވިއު އިން ފާސްވުން.

ރަސްމީ މަސައްކަތު ގަޑި:

·         ޑިއުޓީ އުޞޫލުން 8 ގަޑިއިރު 

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

·         ވަޒީފާއަށްއެދޭ ފޯމް

·         ވަނަވަރު (ސީވީ)

·         އައިޑީ ކާޑުގެ ކޮޕީ

·         ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  

·         ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

·         ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ސުންގަޑި:  

 

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2026 ޖުލައި 13 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 2026 ޖުލައި 13 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

·         ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:

·         މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

·         މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 7924894/3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

07 ޖުލައި 2026