މަސައްކަތް
ނަންބަރު: (IUL)260-CA/260/2026/56
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 09 ޖުލައި 2026 10:45
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ނައިވާދޫ ކައުންސިލްގެ ތިންވަނަ މިނިވަން ވޮލީ މުބާރާތް 2026ގަ ކުރިއަށްދާ ވަގުތު ކެންޓީން ހިންގުމަށް ގޮޅި ދޫކުރުމާ ގުޅޭ!

ހދ. ނައިވާދޫ ކައުންސިލްގެ ތިންވަނަ މިނިވަން ވޮލީ މުބާރާތް 2026ގަ ކުރިއަށްދާ ވަގުތު ކެންޓީން ހިންގުމަށް ގޮޅި ދޫކުރުމާ ގުޅޭ!

 

ހދ. ނައިވާދޫ ކައުންސިލްގެ ތިންވަނަ މިނިވަން ވޮލީބޯޅަ މުބާރާތް 2026 ކުރިޔަށްދާ ވަގުތު އެސަރަހައްދުގައި ކެންޓީންގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ބުރަށް އެދި ކުރި ނަންބަރު: (IUL)260-ESMS/260/2026/51 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފާނުވާތީ، ވާދަވެރިކަން އިތުރުކުރުމަށްޓަކައި ބާކީ 3 ގޮޅިއަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ތިންވަނަ ފަހަރަށް ހުޅުވާލަމެވެ. ކެންޓީން ހެދުމަށް ގޮޅިއަކަށް ދިނުމަށް ހަމަޖެހިފައިވަނީ 20 ފޫޓް 15 ފޫޓް ގެ ޖާގައެކެވެ. މުޅި މުބާރާތަށް، ކެންޓީން ހެދުމަށް ކޮންމެ ގޮޅިއަކަށް އެންމެ ކުޑަވެގެން ލެވޭނެ އަގަކީ 1500/-ރ އެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖުލައި 9 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:45 އަށް މިކަމަށް އިދާރާއަށް ދުރުވެ އަގު ހުށަހެޅުން އެދެމެވެ. އަގު ހުށަހަޅާނީ މިކަމަށް ހާއްސަ ކުރެވިފައިވާ ބީލަން ހުށަހަޅާ ފޯމުންނެވެ. ހުށަހަޅާ އަގުތަށް ކެނޑުން އޮންނާނީ އަގު ހުށަހަޅާ ފަރާތްތަކުގެ އެއް ހާޟިރުގައި 2026 ޖުލައި 9 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:45 ގައި މިއިދާރާގައެވެ.

 

ކެންޓީން ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އެރުވޭ ކޮޓޭޝަން ހުށަހެޅުމަށް ދެވޭ އިރުޝާދާއި ބީލަން ހުށަހަޅާ ފޯމު މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.   

 

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

  05 ޖުލައި 2026

05 ޖުލައި 2026