ދިވެހިރާއްޖެ
އިޢުލާން
ދ.ކުޑަހުވަދޫ ލައިސަންސް ޓްރެކްގެ ދެކުނުން ބޮޑުރަސްގެފާނުމަގާ ހަމަޔަށް ރައްދެބައި މަގުންފެށިގެން ނިލަގޯޅި އާއި ހަމައަށް އެސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުއްގަހާއި އަދި ބަހައްޓާފައިވާ އެއްވެސް އެއްޗެއް ވާނަމަ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 18:00 ގެ ކުރިން އެތަކެތިނަގާ ނިންމުމަށް އަންގަމެވެ. މި މުއްދަތުގެ ފަހުން އެސަރަހައްދު ސާފްކުރަމުންދާއިރު އެސަރަހައްދުގައި ހުރިތަކެތި ނަގާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިސަރަހައްދުގައި އެއްވެސް ފަރާތަކުން ތަކެތި ބެހެއްޓުމާއި ރުއްގަސް އިންދުމަކީ މަނާކަމެއްކަމުގައި ތަކުރާރުކޮށް އިއުލާންކޮށްފައި ވާނެކަމުގައި ދަންނަވަމެވެ. މިހާރަކަށް އައިސް ރަށުގެ ހުސްބިންތަކުގައި މިއިދާރާގެ ހުއްދަނެތި ތަކެތި ބެހެއްޓުމާއި، ގަސްއިންދާ ހަދަމުންދާކަމުގެ މައުލޫމާތު ވަނީ މިއިދާރާއަށް ލިބިފައެވެ.
ވީމާ އިސްވެ ދެންނެވުނު މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ ތަކެއްޗާއި މެދު ޤާނޫނާއި ޤަވާއިދު އަދި ހެދިފައިވާ އުސޫލާ އެއްގޮތައް އަމަލުކުރަމުން ދާނެ ވާހަކަ ރައްޔިތުންގެ ސަމާލުކަމަށްޓަކައި އަންގައި އިޢުލާން ކުރީމެވެ.