ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-PD/266/2026/120
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 20 ޖުލައި 2026 12:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ކުޅުދުއްފުށި ސިޓީން ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގައި ނަންނޯޓްކުރުމުގެ ފުރުޞަތު ހުޅުވާލުން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން އިންތިޒާމްކުރާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި ކުޅުދުއްފުށި ސިޓީއިން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާގައި ނަންނޯޓްކުރުމަށް ހުޅުވާލަމެވެ.

މި މައުރަޒުގައި ކުޅުދުއްފުށި ސިޓީ ތަމްސީލުކުރުމަށްޓަކައި 10 ބައިވެރިއަކަށް ކައުންސިލްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މި ފުރުޞަތަކީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ ރަށްވެހިންނަށް ޚާއްޞަކޮށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ.

މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ނަންނޯޓު ކުރެއްވުން އެދެމެވެ.

ލިންކް:  https://forms.cloud.microsoft/r/iBcP07C0GC

މައުރަޒާއި ގުޅޭ އިތުރު މަޢުލޫމާތު www.expo.mv  އިން ލިބިވަޑައިގަންނަވާނެއެވެ.

ނަންނޯޓު ކުރުމުގެ ސުންގަޑި: 20 ޖުލައި 2026

05 ޖުލައި 2026