ދިވެހިރާއްޖެ
ސުރުޚީގައިވާ ވަށާމަގު '30 (ތިރީސް) ފޫޓުގެ ފުޅާމިނުގައި ހެދުމަށްޓަކައި އަމީނީމަގު އިރުމަތީކޮޅުން ވަލަށް ވަންނަ ހިސާބުންގޮސް ރަށުގެ އިރުމަތީ ފަރާތު ފުނަގަސްތަކުގެ ހުޅަގުން އޮންނަ އާދަމްފުޅު ރުއްގަނޑު ކިޔާ ރުއްގަނޑާއި ހަމައަށް މަގުގެ ދެ ފަރާތުގެ ހަވާސާއަށް '5 (ފަސް)ފޫޓުކަމަށް ބަލައިގެން '35 (ތިރީސްފަސް) ފޫޓުގެ ފުޅާމިނުގައިހުރި ރުއްތަކުގައި ކަޅު ސްޕްރޭ އިން ބޮޅެއްއަޅާ ބޮޅުތެރޭގައި ނަންބަރު ޖަހާފައި ހުންނާނެއެވެ. ބޮޅުތެރޭގައިވާ ނަންބަރުގެ އިތުރުން ހުންނަ އެއްވެސް ނަންބަރަކީ ޞައްޙަ ނަންބަރެއްނޫނެވެ. އަދި ޞައްޙަނޫން ނަންބަރުތަކުގައި ހުންނާނީ ރަސްގެ ލައި ކަނޑާފައެވެ. މި ބަޔާންކުރި ހިސާބުގެ އިތުރުން ނަންބަރު ޖަހާފައި ހުންނާނީ ލިލީމަގު ހުޅަނގުކޮޅު ގޮނޑުދޮށު އުތުރުފަރާތު އިރުމަތީ ކަންމަތި ކައިރީގައިހުރި ފޯދުނު ބޮޑު 1 ރުކާއި، ނުފޯދޭ ކުޑަ 1ރުކާއި ޤަބުރުސްތާނު ދެކުނުފަރާތު މަގުގެ ދެކުނު ހޭޅީގައިހުރި ފޯދުނުބޮޑު 4 ރުކާއި، ޤަބުރުސްތާނު ހުޅަނގު ފަރާތު ފާރު ބޭރުގައިހުރި ފޯދުނު ބޮޑު1 ރުކާއި ނުފޯދޭ ބޮޑު 1 ރުކާއި، ދުވޭދާރުގެ ހުޅަނގު ފަރާތު ފާރުބޭރުގައި ފާރާއި ކައިރީގައިހުރި ފޯދުނު ބޮޑު 4 ރުކާއި، ވައިމަތީގެ ހުޅަނގު އުތުރުކަނުގައި ފާރު ބޭރުގައިހުރި ފޯދުނުބޮޑު 1 ރުކުގައެވެ. ނަންބަރު ޖަހާފައި ހުންނާނީ 1 އިން 256 އަށް ޖުމުލަ 256 ރުކުގައެވެ.
ވީމާ، މި ރުއްތަކުގެ ވެރިފަރާތްތަކުން 2026 ޖުލައި 16 ވާ (ބުރާސްފަތި) ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ރުކުގައި ޖަހާފައިވާ ނަންބަރު ނޯޓުކޮށް މި އިދާރާއަށް ހުށަހެޅުއްވުން އެދި އާއްމުކޮށް އަންގައި އިޢްލާންކުރީމެވެ. މިލްކު ސާބިތުކޮށްފައިވާ ރުއްތަކުގެ މިލްކުސާބިތުކުރި ފަތުގެ ކޮޕީ އަދި ހުއްދަދީދީގެން އިންދާފައިވާނަމަ ދީފައިވާ ހުއްދައިގެ ލިޔުން ހުށަހަޅަންވާނެއެވެ. އިތުރު މަޢްލޫމާތެއް ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލް ނައިބުރައީސް ޙުސައިން މޫސާ 7321723، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ޔޫސުފު 7887792 އަށް ގުޅުއްވުން އެދެމެވެ.