ދިވެހިރާއްޖެ
ގައްދޫ އ.ތ.މ ކޮމިޓީ އާއި މޯލްޑިވްސް ހޭންޑްބޯލް އެސޯސިއޭޝަން ގުޅިގެން ބާއްވާ ހޭންޑްބޯލް ކޯޗިން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ގދ.ގައްދޫގައި ޒުވާނުންގެ މެދުގައި މަޤުބޫލު ކުޅިވަރެއް ކަމުގައިވާ ހޭންޑްބޯލް ރަށުގައި އާލާކޮށް، ހުނަރުވެރި ކުޅުންތެރިން ބިނާކުރުމަށްޓަކައި، ހޭންޑްބޯލް ކޯޗުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް 2026 ޖުލައި 15 ގައި ފެށުމަށް ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އަދި ހޭންޑް ބޯލް އެސޯސިއޭޝަން އިން ވަނީ ނިންމާފައެވެ.
ދެ ޖިންސަށް ޚާއްސަކޮށްގެން ކުރިޔަށްގެންދާ މި ކޯޗިން ކޯހުގައި 16 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ވީމާ،މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2026 ޖުލައި 08 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން 7624212 ނަންބަރު ފޯނަށް ގުޅުއްވައިގެން ނަންނޯޓް ކޮށްދެއްވުން އެދެމެވެ.