މަސައްކަތް
ނަންބަރު: (IUL)220-AS/1/2026/62
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 15:48
ސުންގަޑި: 13 ޖުލައި 2026 10:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީއަށް "އިވެންޓް މެނޭޖްމެންޓް ސަރވިސެސް" ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އޮތޯރިޓީއަށް "އިވެންޓް މެނޭޖްމެންޓް ސަރވިސަސް" ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އޮތޯރިޓީގެ އިވެންޓެއް ކުރިއަށްގެންދިއުމަށްޓަކައި، މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް "އިވެންޓް މެނޭޖްމެންޓް ސަރވިސަސް" ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަން

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

ޓެކްސްޕޭޔަރ ސަރވިސް ސެންޓަރ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ގްރައުންޑް ފްލޯރ، އަމީނީމަގު، މާލެ

07 ޖުލައި 2026

އަންގާރަ

11:00

އަންދާސީހިސާބު ހުށަހެޅުން

13 ޖުލައި 2026

ހޯމާ

10:00

 

އަންދާސީހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ކަރުދާސް، މި އޮތޯރިޓީގެ ޕްރޮކިއުމަންޓް އީމެއިލް ([email protected]) މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، މަތީގައިވާ ތާވަލުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސާފުކުރުމުގެ ސެޝަނަށް ވަޑައިގަންނަވާ ފަރާތްތަކަށްވެސް މި ކަރުދާސް ފޯރުކޮށްދެވޭނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މިންގަނޑުތަކަށް ނުފެތޭ އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރުމުގެ ނުވަތަ ބަލައިނުގަތުމުގެ އިޚްތިޔާރު މި އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ވާހަކަ ދަންނަވަމެވެ.

 

މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 09 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން [email protected]  އަށް އީމެއިލް މެދުވެރިކޮށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓް  ގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ބަޔާންކުރައްވަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ފޯނު މެދުވެރިކޮށް 3020478, 3339467 އަށް ގުޅުއްވުން އެދެމެވެ.

02 ޖުލައި 2026