ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ސްކޫލްގެ ކްލާސްރޫމްތަކާއި ހޯލް ހިމެނޭހެން ޢިމާރާތުގެ އެތެރެއަށާއި ބޭރަށް ފެންފައިބާ ގޮތަށް ހުރި އޭސީތަކުގެ ޑްރެއިން ހޮޅިތައް ރަނގަޅު ކުރަން ބޭނުންވެއެވެ. މި މަސައްކަތަކީ އިމާރާތުގެ އެތެރެއަށާއި ބޭރަށް ފެން ނުފައިބާނެ ގޮތަށް، ދިގު މުއްދަތަކަށް ދެމިހުންނާނޭ ފަދަ ފެންވަރު ރަނގަޅު ޙައްލެއް ގެނައުމަށް ކުރެވޭ މަސައްކަތެކެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށްފަހު، ސައިޓް ސާރވޭ ކުރުމަށް ވަޑައިގަތުމަށް ދަންނަވަމެވެ.
ރެޖިސްޓްރޭޝަން ލިންކު: https://forms.gle/2TgcpdE6PuUoPFqg9
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތާއި ގުޅޭ އަންދާސީ ހިސާބު 2026 ޖުލައި 09 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މި ސްކޫލްގެ ޕްރޮކިއުމަންޓް މެއިލް، [email protected] އަށް މެއިލް މެދުވެރިކޮށް ހުށަހެޅުމަށް ދަންނަވަމެވެ.
މި ޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޞަލާޙުއްދީން ސްކޫލް ޕްރޮކިއުމަންޓް ސެކްޝަން
- ފޯން: 3302457 / 3302461
- އީ-މެއިލް: [email protected]