ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)351/351/2026/28
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 15:28
ސުންގަޑި: 12 ޖުލައި 2026 12:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަތުރު ކުރާނެ އުޅަނދެއް ހޯދަން ބޭނުންވެއްޖެ

"ކައުންސިލް ކަޕް 2026" ވޮލީބޯޅަ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދިނުމަށްޓަކައި ގެނައުމަށް ހަމަޖެހިފައިވާ 5 (ފަސް) ރެފްރީން ދަތުރުކުރާނެ އުޅަނދެއް ހޯދަން ބޭނުންވެއްޖެއެވެ. އެގޮތުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އދ.މަންދޫއާއި އދ.މާމިގިއްޔާއި ދެމެދު ނުވަތަ އދ.މަންދޫއާއި އދ.މަހިބަދޫއާއި ދެމެދުގައެވެ. އެހެންކަމުން މިދެންނެވި ދަތުރުތައް ކޮށްދެވޭނެ އެކަށީގެންވާ ހިޔާގަނޑުޖެހި ސްޕީޑް ލޯންޗެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.

ވީމާ، މިދަތުރުތައް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އުޅަނދުގެ މަޢުލޫމާތާއި ދަތުރު ކޮށްދެވޭނެ އަގު ބަޔާންކޮށް ސިޓީއަކުން ނުވަތަ ކޯޓޭޝަންއަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

          ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

17 މުޙައްރަމް 1448

02 ޖުލައި 2026

                              

02 ޖުލައި 2026