ދިވެހިރާއްޖެ
"ކައުންސިލް ކަޕް 2026" ވޮލީބޯޅަ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދިނުމަށްޓަކައި ގެނައުމަށް ހަމަޖެހިފައިވާ 5 (ފަސް) ރެފްރީންގެ ހުރުމާއި، ދޮވެއިސްތިރިކުރުން އަދި ކައްކާ ކާންދޭން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިދެންނެވި މުބާރާތް ކުރިއަށް ގެންދިޔުމަށް ތާވަލްކޮށްފައިވަނީ 18 ޖުލައި 2026 އިން 23 ޖުލައި 2026 ގެ ނިޔަލަށެވެ. އެހެންކަމުން މިކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ހުރުން ( ތިން ކޮޓަރި) ހަމަޖައްސައިދޭނެ ތަނުގެ ނަމާއި ރެއަކަށް ޖެހޭނެ އަގު، ކާންދޭނެ ތަނުގެ ނަމާއި އަދި މީހަކަށް ދުވާލަކަށް (04 ވޭލާއަށް - ހެނދުނު ސައި، މެންދުރު ކެއުން، ހަވީރު ސައި އަދި ރޭގަނޑު ކެއުން) ކާންދޭނެ އަގު އަދި ދޮވެއިސްތިރިކުރުމަށް މީހަކަށް ދުވާލަކަށް ޖެހޭނެ އަގު ބަޔާންކޮށް ސިޓީއަކުން މިކައުންސިލަށް ނުވަތަ މިކައުންސިލުގެ އީމެއިލް އެޑްރެސް: [email protected] އަށް 12 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އަންގަވައިދެއްވުން އެދެމެވެ. އިސްވެ ދެންނެވުނު ކަންކަމުގެ ތެރެއިން ކެއުމުގެ އަގު ވަކިވަކިންވެސް ހުށައެޅިދާނެއެވެ. އެހެންނަމަވެސް ހުރުމާއި ދޮވެއިސްތިރި ކުރުމުގެ އަގު ހުށައަޅަންވާނީ އެއްކޮށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
17 މުޙައްރަމް 2026
02 ޖުލައި 2026