ދިވެހިރާއްޖެ
|
ވ. ތިނަދޫ ޞިއްޙީމަރުކަޒު ގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަން ހުރި މަސައްކަތައް ޤާބިލު މުވައްޒަފުންނެވެ. |
|||||||||
|
މަޤާމު: |
ހެލްތު ކެއަރ އެޓެންޑެންޓް |
||||||||
|
މަޤާމުގެ ނަންބަރު: |
J-454557 |
||||||||
|
ބޭނުންވާ އަދަދު: |
01 (އެކެއް) |
||||||||
|
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||
|
މަޤާމުގެ ރޭންކު: |
ޕަބްލިކް ސަރވިސް ރޭންކް 1 – ސްޓެޕް 1 |
||||||||
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ވ. ތިނަދޫ ޞިއްޙީމަރުކަޒު |
||||||||
|
މުސާރަ: |
-/ 8255 ރުފިޔާ |
||||||||
|
މަގާމުގެ އެލަވަންސް: |
-/2475 ރުފިޔާ |
||||||||
|
މަޤާމު: |
ހެލްތު ކެއަރ އެޓެންޑެންޓް |
||||||||
|
އެހެނިހެން އެލަވަންސް: |
|
||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ޑްރެސިންގ ރޫމް، ވޯޑް ލޭބަރރޫމް ފަދަ ތަންތަނުން ނައްތާލާންޖެހޭ ކުނި އިންސިނަރޭޓްކުރުން އެމްބިއުލާންސް ދުއްވުމަށް ބޭނުންވާ ތެޔޮ އޮފީހުގެ ބަޖެޓް ބަލަހައްޓާ ފަރާތާއި ގުޅިގެން ހޯދުމަށް މަސައްކަތްކުރުން 2. ވޯޑްގެ އެނދު ތަންމަތި ބަދަލުކުރުމާއި އެނދުތައް ޑިސްއިންފެކްޓްކުރުން 3. ބަލިމީހުންބޭނުންކުރާ އިކްވިޕްމެންޓްސް ފަދަ ތަކެތި ދޮވެސާފުކުރުން އަދި އެތަކެތި ނަރުހުންގެ ބެލުމުގެ ދަށުން ސްޓެރައިލްކުރުން 4. ބަލިމީހުންބޭނުންކުރާ އިކްވިޕްމެންޓްސް ފަދަ ތަކެތި ދޮވެސާފުކުރުން އަދި އެތަކެތި ނަރުހުންގެ ބެލުމުގެ ދަށުން 5. ސްޓެރައިލްކުރުން 6. ކަނޑައެޅިފައި އޮންނަ ގަޑިތަކުގައި ކްލިނިކް އޭރިޔާ ކުނިކަހާ ، މޮޕްއަޅާ ސާފުކުރުމާއި ބަލިމީހުންގެ ބޭނުންކުރާ ފާޚާނާ ދޮވެ ސާފުކުރުން 7. ބަލިމީހުން ބޭނުންކުރާ ބެޑްޝީޓް،ބާލީހުއުރަ،ގައުން ފަދަ ފޮތީގެ ބާވަތްތަކާއި ރަބަރު ޝީޓް ފަދަ ތަކެތި ދޮވެ އިސްތިރިކުރުން 8. ޞިއްޙީމަރުކަޒުގެ ކުޑަދޮރުތަކުގެ ފޮތިތަކާ، އެނދުގެ ވަށައިގެން ދަމާފައިހުންނަ ފޮތިތައް މަހަކު އެއްފަހަރު ދޮވުމާއި، ހޮސްޕިޓަލްގައި ބޭނުންކުރާ ފޮތީގެ ބާވަތްތައް ދަތިވިޔަނުދީ ދޮވެ އިސްތިރިކޮށް ބެލެހެއްޓުން. އަދި ހަލާކުވެފައިވާތަކެތި ވަކިކޮށް ޙަވާލުކުރަންޖެހޭ ސެކްޝަންތަކަށް ޙަވާލުކުރުން 9. ލޯންޑްރީ ސާފުކޮށްބެލެހެއްޓުމާއި، ލޯންޑްރީގައި ހުންނަ އެންމެހާތަކެތީގެ ހިސާބުތައް ބެލެހެއްޓުން. އަދި ހަލާކުވެފައިވާ ތަކެތީގެ ހިސާބުތައް ސްޕަވައިޒަރަށް އެންގުން 10. ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި، ވަށައިގެންވާ ސަރަހައްދު ހަޑިވިޔަނުދީ ކުނިކަހާ ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން 11. ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި ގަސްއިންދުމާއި ގަސްތަކަށް ފެންދީ ރަގަޅަށް ބެލެހެއްޓުން 12. އޮފީސް ޢިމާރާތާ ގުޅިގެންވާ ޢިމާރާތްތަކުގެ ބޭރު ދޮރުތައް ފޮހެ ސާފުކުރުން އަދި އޮފީސް ޢިމާރާތުގެ ފަންކާތަކާއި ކުޑަދޮރުތަކާއި، ބޮޑުދޮރުތައް ފޮހެ ފާރުތައް ދޮވުން. އަދި ކްލިނިކަލް ޢިމާރާތުގެ ދޮރުތަކާއި ފަންކާތައް ފޮހެ ސާފުކުރުން 13. ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި ނަރުހުންނަށް އެހީތެރިވުން 14. ބަލިމީހުންނަށް ބޭނުންވާ ފޮތި، ބާލީސްއުރަ،ބެޑްޝީޓް ފަދަ ތަކެތި މަސައްކަތަށް ބޭނުންކުރާ އާލާތްތައް ރައްކާތެރިކަމާއެކު ތަންތަނަށް ގެންގޮސް ގެނައުން 15. ބަލިމީހުން ބޭނުންކޮށްފައިވާ ތަކެތި ތަނުގައި ހެދިފައިވާ ގަޢިޑްލައިންއާ އެއްގޮތަށް ގެންގުޅުމާއި ބަލިމީހުން ބޭނުންކޮށްފައިވާ ޖަރާސީމް އެކުލެވޭ ތަކެއްޗާއި އެހެނިހެން ކުނި ވަކިކޮށް ރައްކާތެރިކަމާއެކު ނައްތާލުމަށް ގެންދިއުން 16. ލެބޯޓްރީ މަސައްކަތުގައި ބޭނުންކުރާ އާލާތްތައް ދޮވެ ސާފުކުރުން. 17. ޞިއްޙީމަރުކަޒުގައ އުކާލަންހުންނަ ތަކެތި ދުވަހުން ދުވަހަށް ރައްކާތެރިކަމާއިއެކު ރަށުގެ ކުނިއެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދަށް ގެންދިއުން 18. މަސައްކަތް ކުރުމަށް ބޭނުންވާ އާލާތްތަށް ހަލާކުވާނަމަ ނުވަތަ އިތުރު އާލާތެއް ބޭނުންވާނަމަ، އެކަން ސްޕަވައިޒަރަށް ރިޕޯރޓް ކުރުން 19. އިޖުތިމާއީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި މުވައްޒަފުން ގުޅިގެންކުރާ މަސައްކަތްތަކާއި އެކިއެކި ޚާއްޞަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ޞިއްޙީމަރުކަޒުގައި ހިންގާ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން 20. ބަލިމީހުން އެޑްމިޓް ކުރުމުގެ ކުރިންނާއި ބަލިމީހުން މަރުކަޒުން ދޫކުރުމަށްފަހު ވޯޑްގެ އެނދާއި ކަބަޑު ފަދަ ތަކެތި ނަރުހުން އަންގާ ގޮތެއްގެ މަތިން ސާފުކުރުން 21. ޞިއްޙީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީގޮތުންބައިވެރިވުން |
||||||||
|
މަޤާމުގެ ޝަރުޠުތައް: |
މަގާމަށް ކަނޑައަޅާފައިވާ ޝަރުތު: 1. ލިޔަން ކިޔަން އެނގުން ނުވަތަ 2. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނޯޓު: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ: ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. |
||||||||
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް ނެތް ގުޅޭ ވަޒީފާގެ ދާއިރާތައް
|
|||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ( މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެމަރުކަޒަށް ދީފައިވާ ހުއްދަ ނަމްބަރު ހިމަނާފައިވާ ނަމައެވެ).
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށައަޅަންޖެހޭ ލިޔުންތަކާއެކު ފޯމް 09 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވ. އަތޮޅު ހޮސްޕިޓަލަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީއެފް ކުރުމަށް ފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ. |
||||||||
|
ޝޯޓްލިސްޓުކުރުން:
|
މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||||||
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމާށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު ، ޕްރެކްޓިކަލް އޮންނާނީ 19 ޖުލައި 2026 އާ 19 އޮގަސްޓް 2026 ދެމެދު ވ. އަތޮޅު ހޮސްޕިޓަލްގައެވެ. ވުމާއެކު ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާ އެއް މި އިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. |
||||||||
|
އިތުރު މައުލޫމާތު |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6700691 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu ) އިން ލިބެން ހުންނާނެއެވެ. |
||||||||