މުބާރާތް
ނަންބަރު: (IUL)177/1/2026/31
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 16 ޖުލައި 2026 13:30
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

2026 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި މި ސެންޓަރު ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

މި މުބާރާތުގެ މަގްސަދަކީ، ދިވެހީންގެ ހިތްތަކުގައި ޤައުމީ ރޫހު އާލާކޮށް ޤައުމިއްޔަތަށް އޮންނަ ލޯތްބާއި ޝައުގު އިތުރުކުރުމެވެ. މީގެ އިތުރަށް މިނިވަންކަމުގެ މުހިންމުކަމާއި މިނިވަންކަން ހޯއްދަވައިދެއްވާން ގައުމީ ބަޠަލުން ކޮށްދެއްވި ކަންކަމަކީ ކޮބައިކަމާއި އެ ފަދަ ބަޠަލުން ވެވަޑައިގެންފައިވާ ގުރުބާނީ ހަނދާންކޮށް ޤައުމީ ގޮތުން ފާހަގަކުރެވޭ މުހިންމު ހާދިސާތަކުގެ ޒިކުރާ އާލާކޮށް، ގައުމު ދެކެ ވާ ލޯބި އާލާކޮށް ދިރުވުމެވެ.

އެގޮތުން، މުޅި މުބާރާތުގެ ކޮންމެ އުމުރުފުރާއަކުންވެސް، 1ވަނަ 2ވަނަ އަދި 3ވަނަ ކުރެހުން ހޮވައި ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިކުރާ ކުރެހުން ހުށަހަޅަންޖެހޭ ސުންގަޑިއަކީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވާ ފަހުން ހުށަހަޅާ އެއްވެސް ކުރެހުމެއް ބަލައެއް ނުގަނެވޭނެއެވެ.

މި މުބާރާތުގެ އުޞޫލު މި އިއުލާނާއިއެކު ހިމަނާލެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3336868 އަށް ގުޅުއްވުން އެދެމެވެ.

02 ޖުލައި 2026