މަސައްކަތް
ނަންބަރު: (IUL)365-ESD/365/2026/42
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 09 ޖުލައި 2026 13:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްމުސާވާތުގައި ހަރުކުރެވިފައިވާ 18 އޭސީ ސާވިސްކުރުން

އިޢުލާން

 

 

މަސްޖިދުލްމުސާވާތުގައި ހަރުކުރެވިފައިވާ 18 އޭސީ  ސާވިސްކުރުން

މަސްޖިދުލްމުސާވާތުގައި ހަރުކުރެވިފައިވާ 18 އޭސީ  ސާވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

 މި މަސައްކަތް ކުރުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތުހުޅުވާ ލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު(ޤާނޫނު ނަންބަރ: 2014/19) ގެ ދަށުންރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

އިވެލުއޭޝަން ކްރައިޓީރިއާ

  • މަސައްކަތްކުރުމަށް ހުށައަޅާ އަގު: %70 (ހަތްދިހަ) ޕޮއިންޓް ( އެއްމެ ކުޑައަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މުއްދަތު: %20 (ވިހި) ޕޮއިންޓް (އެއްމެ ކުރު މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މަސައްކަތު ތަޖުރިބާ : (ދިހައެއް) ޕޮއިންޓް ( ތަޖުރިބާޔައް މާރކުސް ދެވޭނީ އެންމެ ގިނަވެގެން 5 ލިޔުމަށް)

     ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއައް ވަޑައިގެން ކޯޓޭޝަން ހުށައެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށައެޅުމަށް ވަޑައިގަނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން  އަންގައިދޭ ލިޔުމަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ގެންނަންވާނެއެވެ.  

02 ޖުލައި 2026