ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)/259/2026/50
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 28 ޖުލައި 2026 00:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާންމު ފަރާތްތަކަށް ދޫކޮށްފައިވާ ދަނޑުބިންތަކާއި ދަނޑާއިންވެގެންވާ މަގުފަޅިތައް ސާފުކުރުމަށް

މި ރަށުން ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބައެއް ދަނޑުބިންތަކުގައި އެކަށީގެންވާ ގޮތަށް ދަނޑުވެރިކަން ކުރަމުން ނުދާކަމާއި، އަދި ބައެއް ދަނޑުބިންތަކާ އިންވެގެންވާ މަގުފަޅިތައް ސާފުނުކޮށް އޮތްކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ދަނޑުބިންތައް ބާތިލުކުރުމުގެ މަސައްކަތް މި ކައުންސިލުން ކުރަމުންދާތީ، އިސްވެ ދެންނެވުނު ކަންކަން އިސްލާޙުކުރުމަށްޓަކައި، މިހިނގާ ޖުލައި މަހުގެ 28 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ފަހު ފުރުސަތު ހުޅުވާލާފައިވާ ވާހަކަ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 ވީމާ 28 ޖުލައި 2026ގެ ފަހުން އެކަށީގެންވާ ގޮތުގައި ދަނޑުބިމުގައި ދަނޑުވެރިކަން ނުކުރާ ފަރާތްތަކުގެ ދަނޑު ބިން "ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ އުސޫލާ"  އެއްގޮތްވާގޮތުގެ މަތިން ބާތިލުކުރާނެ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

02 ޖުލައި 2026