ދިވެހިރާއްޖެ
ކޮޅުމަޑުލު އޮމަދޫ އިން މަހުގެ ބާވަތްތަކުން ތަކެތި އުފެއްދުމަށް ބިޑް ޢުޞޫލުން ދިގު މުއްދަތައް ބިން ދޫކުރުމަށް ވަނީހަމަޖެހިފައެވެ. ބީލަމުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
މަހުގެ ބާވަތްތަކުންތަކެތި އުފެއްދުމަށް ދޫކުރާ ބިން:
- ބިން އޮތް ތަން: ކޮޅުމަޑުލު އޮމަދޫ ހުޅަނގު ދެކުނު ސަރަޙައްދު (ޕްލޮޓް ނަމްބަރު: 12 -11)
- ބިމުގެ ބޮޑުމިން: 3000 އަކަފޫޓް
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ޢަދަދު: 02
- ބިން ކުއްޔަށް ދޫކުރެވޭ މުއްދަތު: 20 އަހަރު
- ގްރޭސް ޕީރިއަޑް: 01 އަހަރު
- ބިން ދޫކުރުމަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަގަ: އަކަ ފޫޓަކަށް 0.60ރ (ފަސްދޮޅަސް ލާރި)
- ބިމުގައި މަސައްކަތް ހިންގުމާގުޅޭ އިތުރު މަޢުލޫމާތު
- ބިމާ ޙަވާލުވާ ތާރީޚުންފެށިގެން 01 އަހަރުގެ ތެރޭގައި ބިމުގައި ރަސްމީކޮށް މަސައްކަތް ފަށަންވާނެއެވެ.
- ބިމުގައި މަސައްކަތް ހިންގަންވާނީ ކަމާގުޅޭ އެންމެހައި ހުއްދަތައް ނަގައިގެންނެވެ.
ވީމާ، ބިން ކުއްޔައް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ޖުލައި 2026 ވާ ހޯމަ ދުވަހު 10:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވީ ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.
|
ބައްދަލުވުން |
ތާރީޙް |
ގަޑި |
|
ބީލަމާބެހޭ މަޢުލޫމާތު ދިނުން |
14 ޖުލައި 2026 (އަންގާރަ) |
10:00 |
|
އަންދާސީ ހިސާބު ހުށަހެޅުން |
20 ޖުލައި 2026 (ހޯމަ) |
10:00 |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރު 6780039 އާއި ގުޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯމާއި، ބީލަމުން ދޫކުރާ ބިމަށް އެދޭ ފޯމާއި، ބީލަމުން ދޫކުރާ ބިންތަކާއި ބެހޭ އުޞޫލާއި، ބީލަން ފޮތް އަދި ބިންދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޗާޓް މި އިޢުލާނާއިއެކު އެވަނީއެވެ.
17 މުޙައްރަމް 1448ހ
02 ޖުލައި 2026މ