ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2026/38
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 15 ޖުލައި 2026 13:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ކުމުންދޫ ވެނީލާ ކިޔާ ބަންޑާރަ ގޯތީގެ ވާރުތަ ވެރިން ހޯދުމަށް.

ހދ. ކުމުންދޫ ވެނީލާގެއޭ ކިޔާ ބަންޑާރަ ގޯތީގެ ވާރުތަ ވެރީންނަކީ ކޮބައިތޯ ބެލުމަށް މިކައުންސިލުން ބޭނުންވެއެވެ.  ވީމާ، މިގޯތީގެ ވާރުތަ ވެރިން ދުނިޔޭގައި ތިބިނަމަ މިކައުންސިލަށް 15 ޖުލައި 2026 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

02 ޖުލައި 2026