ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)30-P1/30/2026/86
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 07 ޖުލައި 2026 11:00
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު-ނަންބަރު IUL)30-P1/30/2026/81 އިއުލާނާއި ގުޅިގެން ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނިފައިވާ ކުރެހުމުގަ ޓްރޯލް ޕްލޯޓްސްގަ އެންގްރޭވް ކުރަންޖެހޭ އަކުރު އިތުރުވުމުން

މިމިނިސްޓްރީއިން ޤާއިމުކުރާ ކަނދުފަތީގެ މަސައްކަތަށް ބޭނުންވާ 20,000 (ވިހި ހާސް) ޓްރޯލް ފްލޯޓްސް ތައްޔާރުކޮށް ފެޑް ސެންޓަރަށް (ހުޅުމާލެ) ފޯރުކޮށްދޭނެ ފަރާތެއް ހޯދަންކުރި ނަންބަރު IUL)30-P1/30/2026/81   އިއުލާނާއި ގުޅިގެން ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނިފައިވާ ކުރެހުމުގަ ޓްރޯލް ޕްލޯޓްސްގަ އެންގްރޭވް ކުރަންޖެހޭ އަކުރު އިތުރުވުމުން، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ މިބައި ހިމަނައިގެން ހުށަހެޅުމަށް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 7 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3322625އަދި 3339239 ނަންބަރު ފޯނަށެވެ.

02 ޖުލައި 2026