ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-EP/1/2016/10
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:21
ސުންގަޑި: 04 ފެބުރުވަރީ 2016 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނުނުގެ ދަށުން، އިމްޕޯޓް ޑިއުޓީ މަޢާފުކުރުމަށް އެދި ހުށަހެޅުމާ ގުޅޭ

 އިޢުލާން

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނުނުގެ ދަށުން، އިމްޕޯޓް ޑިއުޓީ މަޢާފުކުރުމަށް އެދި ހުށަހެޅުމާ ގުޅޭ

ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) ގެ (1) ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން ހަދާފައިވާ، ގަވާއިދު ނަންބަރު  2012/R-34 (މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދު) އަށް 2 ވަނަ އިޞްލާޙު ގެނައުމާ ގުޅިގެން، މި ގަވާއިދުގެ ދަށުން ޑިއުޓީ މަޢާފުކޮށްދެމުން ގެންދާ ދާއިރާތަކުގެ ތެރޭގައި ހިމެނޭ، މަސް އެކްސްޕޯޓް ކުރުމާއި ޕްރޮސެސް ކުރުމަށް އިމްޕޯޓް ކުރާ ތަކެއްޗާއި، ޕޯލްޓްރީގެ މަސައްކަތް ފުޅާކުރުމަށާއި ވެލިއު އިތުރު ކުރުމަށް އިމްޕޯޓް ކުރާ ތަކެތި އަދި ދަނޑުވެރިކަން ފުޅާކުރުމަށް އިމްޕޯޓް ކުރާ ތަކެތިން ޑިއުޓީ މަޢާފުރުކުރުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ކުރައްވާގޮތަށް މިހާރު ވަނީ ހަމަޖައްސަވާފައެވެ.

ވީމާ، 01 ފެބުރުވަރީ 2016 އިން ފެށިގެން މަތީގައި ދެންނެވިފައިވާ ދާއިރާތަކުން ޑިއުޓީ މަޢާފުކުރުމަށް އެދި ހުށަހަޅަމުން ގެންދަވާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރަށް ކަމުގައި ދެންނެވީމެވެ.

15‏ ރަބީޢުލްއާޚިރު 1437

 

26 ޖަނަވަރީ 2016