ދިވެހިރާއްޖެ
957/IUL/2026/012 :ނަމްބަރު
އިޢުލާން
ކޫލްސްކޫލް މަޝްރޫއުގެ ދަށުން މިމަދަރުސާގެ ކްލާސްރޫމްތަކުގައި އެއަރކަންޑިޝަން ހަރުކުރުމުގެ މަސައްކަތް
ކޫލްސްކޫލް މަޝްރޫއުގެ ދަށުން މިމަދަރުސާގެ ކްލާސްރޫމްތަކުގައި އެއަރކަންޑިޝަން ހަރުކުރުމުގެ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫން ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި މަދަރުސާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
މަޢުލޫމާތު ސާފުކުރެއްވުން |
2026 ޖުލައި 6 ވާ ހޯމަ ދުވަހުގެ 9:00 ގައި |
|
އަންދާސީހިސާބު ހުށަހެޅުއްވުމާއި، ކެނޑުން |
2026 ޖުލައި 9 ވާ ބުރާސްފަތި ދުވަހުގެ 9:00 ގައި |
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އެކަންބަޔާންކޮށް މަދަރުސާއަށް ސިޓީހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ، 6560019 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
17 މުޙައްރަމް 1448
02 ޖުލައި 2026