މަސައްކަތް
ނަންބަރު: H/IUL/2026/97
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 16 ޖުލައި 2026 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ މާލެ، ހުޅުމާލެ އަދި ހުޅުލޭގެ ޑިސްޓްރިބިއުޝަން ސަބްސްޓޭޝަންތައް 1 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހައި، ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

 މާލެ' ދިވެހިރާއްޖެ                                       

                                                           ނަންބަރު: H/IUL/2026/97    

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ މާލެ، ހުޅުމާލެ އަދި ހުޅުލޭގެ ޑިސްޓްރިބިއުޝަން ސަބްސްޓޭޝަންތައް އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހައި، ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން -/500 (ފަސްސަތޭކަ) ރުފިޔާއަށް ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ޝަރުތު ހަމަވާނީ ސަރުކާރު އޮފީސްތަކާއި ކުންފުނިތައް ފޮޅައި ސާފުކުރުމުގެ މަސައްކަތްކޮށް، 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

2026 ޖުލައި 05 އިން 2026 ޖުލައި 16 އަށް

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

2026 ޖުލައި 05 އިން 2026 ޖުލައި 16 އަށް

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2025 ޖުލައި 19 (އާދިއްތަ)

10:30 ގައި

އަގު ހުށަހެޅުން

2025 ޖުލައި 21 (އަންގާރަ)

10:30 ގައި

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000/-ރ. (ވިހިހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.

17 މުޙައްރަމް 1448

02 ޖުލައި 2026

ނޯޓް:

  • މި އިއުލާނަށް އަންދާސިހިސާބު ހުށަހަޅުއްވާ ފަރާތްތަކާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ މުވައްޒަފަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް އަންދާސިހިސާބާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ މައޫލޫމާތު ހިއްސާ ނުކުރައްވާ ފަރާތްތަކުގެ އަންދާސިހިސާބު ބާޠިލު ކުރެވޭނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން އަންދާސިހިސާބު ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338472 / 3338124 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
02 ޖުލައި 2026