ދިވެހިރާއްޖެ
އިޢުލާން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ސާވަރ އަޕްގްރޭޑް ކުރުމަށާއި، އަދި އައި.ޕީ ޓެލެފޯން ސިސްޓަމް އަޕްގްރޭޑް ކުރުމަށް ބޭނުންވާ އިކްއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ސާވަރ އަޕްގްރޭޑް ކުރުމަށާއި، އަދި އައި.ޕީ ޓެލެފޯން ސިސްޓަމް އަޕްގްރޭޑް ކުރުމަށް ބޭނުންވާ އިކްއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން، މިބީލަމުގައި ރަޖިސްޓްރީ ކުރައްވާފައިވާ، ތިރީގައި ދެންނެވިފައިވާގޮތަށް، ކަނޑައެޅިފައިވާ ތާރީޚުގައި ވަޑައިގެން، އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
|
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް) ތާރީޚް: 2026 ޖުލައި 01 ން، 13 ވަނަ ދުވަހުގެ މެންދުރުފަހު، 00:14 އަށް އީމެއިލް [email protected] :ފޯނު ނަންބަރ: 6583007 ރެޖިސްޓްރޭޝަން ލިންކް: https://forms.gle/YBe3BuutZ3DhwuKFA |
|
އަންދާސީ ހިސާބު ހުށައެޅުއްވުން |
ތާރީޚް: 2026 ޖުލައި 16 - ބުރާސްފަތި ގަޑި: މެންދުރު 11:00 ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ސިއްދަ ކޮންފަރެންސް ރޫމް |
މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓާއި، ޓެކްނިކަލް ސްޕެސިފިކޭޝަން، އަދި އެހެން ޑޮކިއުމަންޓްސް ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. މި ބީލަމާއިގުޅިގެން، ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
16 މުޙައްރަމް 1448