ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383-MS&IM/383/2026/49
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 14 ޖުލައި 2026 14:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުން

ތ.ވިލުފުށީ ބަނދަރު ސަރަހައްދާއި އާޓިފިޝަލް ބީޗް ހިމެނޭ ސަރަހައްދުގައި ގަވާއިދާއި ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް މުއްދަތެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، އާޓިފިޝަލް ބީޗްގައި އަޅާފައިވާ ކުދި އޮޑިފަހަރާއި، އެހެލާފައިވާ އޮޑިފަހަރު އަދި މި ސަރައްޙައްދުތަކުގައި އެއްވެސް މީހެއްގެ މުދަލެއްވާނަމަ، މިއަދުން ފެށިގެން 14 (ސާދަ) ދުވަހު ތެރޭގައި އެ އެއްޗެއް ނަގައި ސާފުކުރުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުނަގައި ހުންނަ ތަކެއްޗަކީ، އެތަކެތީގެ ވެރިފަރާތްތަކުން ބޭނުންނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައިބަލައި، އެ ތަކެތި ނެގުމާއި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާންކުރީމެވެ. 

01 ޖުލައި 2026