ދިވެހިރާއްޖެ
ވިލިމާލޭގައި ހުންނަ މި ޑިޕާޓްމަންޓުގެ ޖުޑީޝަލް އާކައިވް ބިލްޑިންގުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިއުން 2026 ޖުލައި 11 ވާ ހޮނިހިރު ދުވަހުގެ 00:13 ގައި ޖުޑީޝަލް އާކައިވް ބިލްޑިންގުގައި އޮންނާނެއެވެ.
ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު އަދި ނީލަން ފެށޭ އަގު މި އިޢުލާނާއެކު އެއްފަތްކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 2026 ޖުލައި 11 ވާ ހޮނިހިރު ދުވަހުގެ 00:13 އަށް ޖުޑީޝަލް އާކައިވް ބިލްޑީންގ އަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިއުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސުގެ ބަނޑޭރިޕޭ bp.finance.gov.mvމެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ޑިޕާޓުމަންޓުގެ ނަންބަރު 3340815 ފޯނަށް ގުޅުއްވުން އެދެމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.