ދިވެހިރާއްޖެ
ކެނދިކުޅުދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި އެކޮމަޑޭޝަން ބްލޮކްތަކުގެ ގޯތިތެރެ އާއި މަގުފަޅި ސާފުކޮށް ކުނި ކަހާދޭނެ ފަރާތެއް ހޯދުމަށް 24 ޖޫން 2026 ގައި ކުރި އިޢުލާން (ނަންބަރު: (IUL)286-MP/286/2026/46) ގެ މަޢުލޫމާތަށް ބަދަލު އައުމުގެ ސަބަބުން އެއިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ. މިމަސައްކަތް ކުރުމަށް ހުޅުވާލެވިފައިވަނީ އެންމެ ގިނަ ވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށެވެ.
|
. ހަރަހެރި 1 އަދި 2 . ކެނދި އުރަހަ . ކެނދި ފަތް 1 އަދި 2 . ކެނދި މާ 1، 2 އަދި 3 . ރަސްރަނި 1 އަދި 2 |
. ބަޔާންކޮށްފައިވާ ހުރިހާ އެކޮމަޑޭޝަން ބްލޮކްތަކުގެ ގޯތި ތެރެއާއި އިންވެގެން އޮންނަ މަގުގައި ހުރި ގަސްތައް ކޮށާ، ޢިމާރާތުގެ ގޯތިތެރެއާއި މަގު ވިނަ ނޮޅާސާފުކޮށް ކުނިކަހާ ބެލެހެއްޓުން. (އިތުރު މަޢުލޫމާތު ޖަދުވަލު 1 ގައި) . ކުނިކެހުމަށްފަހު މަގާއި ޢިމާރާތުގެ ގޯތިތެރޭގައި ކުނިއެއްކޮށްފައި ބަހައްޓައިގެން ނުވާނެއެވެ. . އެކޮމަޑޭޝަން ބްލޮކް ހުންނަ ގޯއްޗާއި އިން ވެގެން އޮންނަ މަގާއި އިން ވެގެން ބަންޑާރަ ގޯއްޗެއް ނުވަތަ އެނޫންވެސް ބޭނުމަށް ބިމެއް ދޫކޮށްފައިވާނަމަ، އެމަގަކުން ކަހާނީ މަގުގެ 2 ބައިކުޅަ އެއްބައިއެވެ. . ޢިމާރާތާއި ގޯތިތެރެ އާއި މަގުމަތި ހަޑި ނުވާނެހެން ކުނިކެހުމާއި ސާފުކުރުމުގެ އެންމެހާ ކަންކަން މަސައްކަތާއި ހަވާލުވާ ފަރާތުން ކުރަން ވާނެއެވެ.
|
|
ހ - ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 5 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރ ވާންވާނެއެވެ. ށ - ރަޖިސްޓްރޭޝަން ފޯމް: https://forms.office.com/r/rpbUv8BcgG ނ – ބީލަން ހުށަހެޅޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. |
|
|
ހ - މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން 5 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައި އޮންނާނެއެވެ. ށ - ބީލަން ހުށަހަޅާފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނޫނެވެ. ނ - މަޢުލޫމާތު ސާފުކުރަން ހާޟިރު ނުވެވޭ ފަރާތްތުގެ، ބަދަލުގައި އެހެން ފަރާތަކުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ވަޑައިގަންނަވާނަމަ، ބައްދަލުވުމުގައި ބައިވެރިވުމުގެ ހުއްދަދިން ކަމުގެ އިޤުރާރުގައި ސޮއިކޮށް މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. (މި އިޤުރާރު ހިމެނިފައިވަނީ އަންދާސީ ހިސާބު ހުށައަޅާ ފޯމުގެ ޖަދުވަލު 5 ގައެވެ.) ރ - މަޢުލޫމާތު ސެޝަންގައި ބައިވެރި ނުވެވޭނަމަ، ކެނދިކުޅުދޫ ކައުންސިލްގެ ފޯން ނަންބަރު 6560013 އަށް ގުޅުއްވައިގެން ނުވަތަ [email protected] މެއިލް ކޮށްގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ސުންގަޑިއަކީ 9 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މެއިލް ކުރުމަށްފަހު، 24 ގަޑި އިރު ތެރޭގައި މެއިލްއަށް ޖަވާބެއް ނުލިބިއްޖެ ނަމަ 6560013 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާކޮށްދެއްވުން އެދެމެވެ. |
|
|
ހ - ބީލަން ހުޅުވުން އޮންނާނީ 12 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައެވެ. ށ - ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަން އަދި އިޢުލާން ނަންބަރު ޖަހަންވާނެއެވެ. ނ - މިއިޢުލާނާއި ގުޅިގެން އޮންލައިކޮަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ރ - ބީލަން ހުށަހަޅަން ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންނަ އެއްވެސް ފަރާތެއްގެ ބީލަން ބަލައެއް ނުގަނެވޭނެއެވެ. އަދި ގަޑި ޖެހިގެން އަންނަ އެއްވެސް ފަރާތަކަށް (އިދާރީ ކަމެއްގައި ކައުންސިލުގެ މުވައްޒަފުން ނުހިމެނޭހެން) ބީލަން ކެނޑުމަށް ހަމަޖެހިފައިވާ މާލަމަށް ނުވަދެވޭނެއެވެ. ބ - މިއިޢުލާނާއި ގުޅިގެން އަމިއްލަ ފަރާތް، އަމިއްލަ ފަރުދުންގެ ވިޔަފާރި އަދި ކުންފުނި ނަމުގައިވެސް ބީލަން ހުށަހެޅޭނެއެވެ. ނަމަވެސް ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ބީލަމެވެ. 1 (އެކެއް) ބީލަމަށް ވުރެއް ގިނަ ބީލަން ހުށަހަޅައިފިނަމަ، އެފަރާތުން ހުށަހަޅާ ހުރިހާ ބީލަމެއް ބާޠިލުކުރެވޭނެއެވެ. ޅ - ބީލަމުގެ ވެރިފަރާތް ނޫން އެހެން ފަރާތަކުން ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ، ބީލަން ހުށަހެޅުމަށް ހުއްދަދިން ކަމުގެ އިޤުރާރުގައި ސޮއިކޮށް ބީލަން ހުށަހަޅަން އަންނަ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. (މި އިޤުރާރު ހިމެނިފައިވަނީ އަންދާސީ ހިސާބު ހުށައަޅާ ފޯމުގެ ޖަދުވަލު 4 ގައެވެ.) ކ - ބީލަން ހިފައިގެން ބީލަން ކެޑުމަށް ހަމަޖެހިފައިވާ މާލަމަށް ވަޑައިގަނެވޭނީ އެއް ފަރާތަށެވެ. ބީލަން ހުށަހަޅާ ފަރާތް ފިޔަވާ އިތުރު ފަރާތްތަކަށް ބީލަން ކެނޑުމަށް ހަމަޖެހިފައިވާ މާލަމަށް ވަނުމަކީ މަނާކަމެވެ. |
|
|
ހ - އަންދާސީ ހިސާބު ހުށައަޅާ ފޯމް (ފޯމުގައި އަގު ބަޔާންކުރަން ވާނީ ހުރިހާ އެކޮމަޑޭޝަން ބްލޮކެއް ސާފުކުރުމާއި ކުނިކެހުމަށް އެކީގައެވެ. ވަކި ވަކިން ހުށަހަޅައިފި ނަމަ، އެބީލަމެއް ބާޠިލުކުރެވޭނެއެވެ. ހުށަހަޅާ ފޯމުގައި ކޮންމެތަނަކަށް ވަކިން އަގުޖަހާފައި ބެހެއްޓިކަމުގައި ވީނަމަވެސް، ޖުމުލަ އަގު އިނގޭނެހެން ބަޔާންކޮށްފައި އޮންނަން ވާނެއެވެ.) ށ - ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ނ - ކުންފުނިން ބީލަން ހުށަހަޅާނަމަ، ރަޖިސްޓްރީ ކޮޕީ ރ - އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުން ނަމަ އިންފޮމޭޝަން ޝީޓް (އިކަނަމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން ޑައުންލޯޑް ކުުުރުމަށްފަހު) ބ – ކުދި، އަދި މެދުފަންތީގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުން (ރަޖިސްޓްރީކޮށްފައިވާނަމަ) |
|
|
|
|
|
- މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ - ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ - ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑިގައި) - އީމެއިލް: [email protected] |
|
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
15 މުޙައްރަމް 1448