ދިވެހިރާއްޖެ
އިޢުލާން
ތ. ކަނޑޫދޫގައި ހުރި 04 މިސްކިތުގެ މަރާމާތުތައް ކުރުމާބެހޭ
މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ތ. ކަނޑޫދޫގައި ހުރި 04 މިސްކިތުގެ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތާބެހޭ މަޢުލޫމާތު މި އިޢުލާނާއިއެކު ގެޒެޓްގައި އާންމުކުރެވިފައި ވާނެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ޖުލައި 01 ވަނަ ދުވަހުން ފެށިގެން 2026 ޖުލައި 07 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ބީލަން ރަޖިސްޓަރީ ކުރާ ފޯމު މި އިދާރާއަށް ހުށަހަޅައި ބީލަން ރަޖިސްޓަރީކުރެއްވުން އެދެމެވެ. މި އިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކޮށްގެންވެސް ބީލަން ރަޖިސްޓަރީ ކުރެވޭނެއެވެ. ރަސްމީގަޑީގައި މި އިދާރާއިން ފޯމު ލިބިވަޑައި ގަންނަވާނެއެވެ. ބީލަންފޮތް ވިއްކާ އަގަކީ -/200ރ (ދުއިސައްތަ ރުފިޔާ) އެވެ. ބީލަން ބަލައިގަތުމާއި، ޕްރީ ބިޑް މީޓިންގ އަދި ބިޑް ހުޅުވުން އޮންނާނީ ތިރީގައިވާ ތަވާލްގައިވާ ގޮތުގެމަތިން އެ ދުވަސްތަކާއި ގަޑިތަކުގައެވެ.
|
ބީލަން ވިއްކުން |
2026 ޖުލައި 07 ވަނަދުވަހުގެ 13:00 ގެ ނިޔަލަށް |
|
ޕްރީބިޑް މީޓިން |
2026 ޖުލައި 08 ވަނަ ދުވަހު 10:30 ގައި ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި |
|
ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން |
2026 ޖުލައި 14 ވަނަ ދުވަހު 10:30 ގައި ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި |
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.
15 މުހައްރަމް 1448
30 ޖޫން 2026