ދިވެހިރާއްޖެ
ޓަކްޝޮޕް ޚިދުމަތް ފޯރުކޮށްދިނުމަށް ކަނބޯރަނިހިޔާ ސަރަހައްދުން 15 އަހަރަށް ބިން ކުއްޔަށް ދިނުމަށް ކުރެވުނު ނަންބަރ (IUL)266-PR/266/2026/111 (14 ޖޫން 2026) ޢިއުލާނަށް ބީލަން ހުށަހަޅަންޖެހޭ ތާރީޙްވަނީ ފަސްކުރެވިފައެވެ.
ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަފްސީލް |
ތާރީޚް |
ގަޑި |
|
އަންދާސީ ހިސާބު ހުށަހެޅުން |
02 ޖުލައި 2026 (ބުރާސްފަތި) |
10:30 |
|
ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ ޖަލްސާކުރާ މާލަމުގައި |
||
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177، 6527182 ނުވަތަ 6527192 އަށެވެ. |
||
މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން 14 ޖޫން 2026 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ބީލަމާގުޅޭ މައުލޫމާތު ޝީޓު އަދި ބީލަން ފޮތް ޑައުންލޯޑު ކުރެއްވުމަށް: https://kulhudhuffushicity.gov.mv/procurement/538