ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)338-PPED/338/2026/47
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 08 ޖުލައި 2026 13:30
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގުރައިދޫގެ 15 ގެއެއްގައި ސޯލާ ޕެނަލް ހަރުކުރުމާ ގުޅޭ

އިޢުލާން

ކ.ގުރައިދޫގެ 15 ގެއެއްގައި ސޯލާ ޕެނަލް ހަރުކުރުމާ ގުޅޭ

 

ކ.ގުރައިދޫގެ 15 ގެއެއްގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށް ސަރވިސް ދިނުމުގެ މަސައްކަތް ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ސޯލާ ޕެނަލް ހަރުކުރެވޭނެ 15 ގެއެއް ހޮވާލެވިގެންދާނީ އެކަމަށް ޙާއްޞަ ކުރެވިފައިވާ ފޯމެއް ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާލެވޭ 15 ގެއެއްގައެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ހިއްސާކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު 08 ޖުލައި 2026 ދުވަހުގެ 13:30 ގެ ކުރިން ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ކައުންސިލަށް ގެނެވޭ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ މުއްދަތުގައި، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ކަމުގައި ދަންނަވަމެވެ.

 

14 މުޙައްރަމް 1448

 29 ޖޫން  2026

29 ޖޫން 2026