މަސައްކަތް
ނަންބަރު: (IUL)321-A/321/2026/108
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 06 ޖުލައި 2026 14:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަޕްލަޔަރަކު ހޯދުން

އިޢުލާނު

 

                         މި އިދާރާގެ ފަރާތުން މާލެ ސިޓީގައި ކުރަންޖެހޭ ބައެއް މަސައްކަތް ކުރުމަށާއި، އަވަހަށް ހޯދަން ބޭނުންވާ މުހިއްމު ތަކެތި ހޯދައި، ރަށަށް ދަތުރުކުރާ އުޅަނދުފަހަރުގައި ފޮނުވައިދޭނެ ފަރާތެއް (ސަޕްލަޔަރަކު) ހޯދަން ބޭނުން ވެއްޖެއެވެ.

 

މަޤާމް:            ސަޕްލަޔަރ

ބޭނުންވާ ޢަދަދު:  01 (އެކެއް)

ވަޒީފާގެ ބާވަތް:   ކޮންޓްރެކްޓް އެމްޕްލޯއިމަންޓް

ވަޒީފާގެ މުއްދަތު: 12  (ބާރަ) މަސް ދުވަސް

އުޖޫރަ:          މަހަކު 2000.00 (ދެހާސް) ރުފިޔާ

 

މަޤާމުގެ މަސްއޫލިއްޔަތާއި މަސައްކަތް ކުރަންޖެހޭ ގޮތް:

  • މާލެ ސިޓީގެ ފިހާރަތަކުން އަގުބަލަންޖެހޭ ތަކެތީގެ އަގު ބެލުމުގެ މަސައްކަތްކުރުމާއި ލިޔުންތައް ކައުންސިލަށް ފޮނުވުން.
  • މާލެ ސިޓީގެ އޮފީސްތަކާއި ފިހާރަތަކުން ނަގަންޖެހޭ ތަކެއްޗާ ޙަވާލުވެ އެތަކެތި ކައުންސިލަށް ފޮނުވުން.
  • ޑީ.އެން.އާރު އިން ނަގަން ޙަވާލުކުރެވޭ އައިޑީ ކާޑު ނަގައި ކައުންސިލަށް ފޮނުވުން.
  • ސައިކަލުގައި ނުއުފުލޭ މުދާ އުފުލުމަށް ކުރާ ދަތުރުގެ ބިލް ކައުންސިލަށް ފޮނުވުން.
  • މި ނޫނަސް މާލެއިން ކުރަންޖެހޭ  މިބާވަތުގެ އެންމެހައި ކަންތައްތައް ކުރުން
  • ޙަވާލު ކުރެވޭ މަޤާމުގެ މަސްއޫލިއްޔަތުތައް ޒިންމާދާރުކަމާއެކު ބަރާބަރަށް އަދާކޮށް ނިންމާ ސުޕަވައިޒަރަށް އެކަން ރިޕޯޓް ކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މި މަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ ސިޓީ.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.
  • މި ދާއިރާއިން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުން.

 

ސްޕްލަޔަރ ހޮވުމަށް ބަލާނެ މިންގަޑު:

  • މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާ އާއި އިންޓަވިއުއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތެއް މި މަޤާމަށް ހޮވޭނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖުލައި 06 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ފޮނުއްވާނީ، [email protected]  އަށެވެ.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު 2026  ޖުލައި 07 އާއި 2026 ޖުލައި 09 އާ ދެމެދު މި އިދާރާގައި އޮންނާނެއެވެ. އިންޓަވިއު އޮންނަ ދުވަހު ރަށުގައި ނުހުރެވޭ ފަރާތްތަކުން އޮންލައިންކޮށް އިންޓަވިއުގައި ބައިވެރި ވެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

  • މި މަޤާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6660006 ފޯނަށް ގުޅުއްވުން އެދެމެވެ.

 

                          މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

30 ޖޫން 2026