ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251-CA/251/2026/42
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:20
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވެންޑަރ ރަޖިސްޓަރީ ކުރުމާއި ގުޅޭ
މި ކައުންސިލްގެ އިދާރާއަށް ގަންނަ ތަކެއްޗާއި ހޯދާ ޚިދުމަތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ޝޮޕިންގ އުސޫލުން (ޖުމްލަ އަގު -/35,000 ރުފިޔާއިން ދަށުގެ) ކުރިއަށް ގެންދަންޖެހޭ ޕްރޮކިއުމަންޓްތަކަށް ކޯޓޭޝަން ހުށަހެޅުމަށް، ވެންޑަރ ރަޖިސްޓަރީކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވެންޑަރ ލިސްޓެއް އެކުލަވާލުމުގެ މަޤްސަދަކީ އެކިކަހަލަ ޚިދުމަތް/މަސައްކަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއްދިނުމެވެ.
ވީމާ، ވެންޑަރއެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކްގައިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ފޯމުގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކާއިއެކު ރަޖިސްޓަރީވުމަށް ދަންނަވަމެވެ.
ވެންޑަރ ރަޖިސްޓަރޭޝަން ފޯމުގެ ލިންކް:
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ޖޫން 2026