ބީލަން
ނަންބަރު: (IUL)246/246/2026/40
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 09 ޖުލައި 2026 13:00
ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކްސްކަވޭޓަރެއް ސަޕްލައި ކޮށްދިނުމަށް އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު

އެކްސްކަވޭޓަރެއް ސަޕްލައި ކޮށްދިނުމަށް އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު

 

                  މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތް އެކްސްކަވޭޓަރެއް، މިކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ، ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން، މި އިޢުލާނާއެކު ގެޒެޓްކޮށްފައިވާ ބީލަންރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، 2026 ޖުލައި 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ  ކުރިން [email protected] އަށް، މެއިލް ކުރެއްވުން އެދެމެވެ.

ދީފައިވާ މުއްދަތުގެ ތެރޭގައި ބީލަން ރަޖިސްޓްރޭޝަން ފޯމް ހުށައަޅުއްވާފައި ނުވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވެ ލައްވާނަމަ، މަތީގައިވާ މުއްދަތުގެ ތެރޭގައި، މެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. ފޯނު މެދުވެރިކޮށް މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން، ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6500031 ފޯނަށް ގުޅުއްވުން އެދެމެވެ.

 އަންދާސީ ހިސާބު ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޖުލައި 14 ވާ އަންގާރަ ދުވަހުގެ 13:00 ގައި ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

30 ޖޫން 2026