ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)266-HR/266/2026/122
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 09:59
ސުންގަޑި: 07 ޖުލައި 2026 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

J-457438

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 8

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ  (ވައިޓަލް އެންޑް ޕަބްލިކް ސަރވިސް ޔުނިޓް)

މުސާރަ:

11,620.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

5,420.00 ރުފިޔާ

ޙާޟިރީ އިނާޔަތް:

ޙާޟިރުވާ ކޮންމެ ދުވަހަކަށް 145.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސިވިލް ސާރވިސް މުއައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-        ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބަރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން

-        ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން

-        ވައިޓަލް އެންޑް ޕަބްލިކް ސަރވިސް ޔުނިޓް ރައްޔިތުންނަށް އަމާޒުކުރެވިފައިވާ މުއައްސަސާއަކަށް ބަދަލުކުރުމަށް ސްޓްރެޓެޖިކް ޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުން

-        ސީނިއަރ މެނޭޖްމަންޓް ޓީމްގެ މުހިންމު މެންބަރެއްގެ ގޮތުގައި، ކުޅުދުއްފުށި ސިޓީގެ ލާބަޔާ މަންފާއަށް ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުން

-        އިދާރާގެ ސާރވިސް ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދޭ ވައިޓަލް އެންޑް ޕަބްލިކް ސާރވިސް އަދި ހާބަރ ޚިދުމަތްތައް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހަވާނޭހަނެ ހިދުމަތް ދިނުމަށް ބޭނުންވާ ބަދަލުތައް ދެނެގަނެ ތަންފީޒުކުރުން

-        ރައްޔިތުންގެ ހިތްހަމަޖެހުމާއި ހިންގުމުގެ ހަރުދަނާކަން އިތުރުކުރުމަށް ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ އޮނިގަނޑުތައް ތަންފީޒުކުރުން

-        ހުރިހާ ސާރވިސް ޓަޗްޕޮއިންޓްތަކުން ޕަރފޯމަންސް މިންގަނޑުތަކާއި ފެންވަރު ކަށަވަރުކުރުމުގެ ނިޒާމުތައް ޤާއިމުކުރުން

-        އުފަންދުވަހުގެ ރަޖިސްޓްރީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ހެއްދުން އަދި އާބާދީއާ ގުޅޭ ޚިދުމަތްތައް ބެލެހެއްޓުން

-        ބަނދަރު ހިންގުން، ދަތުރުފަތުރުގެ ޚިދުމަތްތައް، އަދި ކަނޑާއި ގުޅުންހުރި އިންފްރާސްޓްރަކްޗަރ އަދި އޮޕަރޭޝަންތައް ބެލެހެއްޓުން

-        އާންމުންނަށް އުނދަގޫވާ މައްސަލަތައް ހައްލުކުރުމަށް ހަރުދަނާ ތަންފީޒުކުރުމާއި މުޖުތަމަޢުގެ ބައިވެރިވުން ހޯދުމާއި އާންމު އިންފްރާސްޓްރަކްޗަރ، މައިދާންތައް، އަދި އާންމު ތަންތަން އެންމެ ރަނގަޅު ހާލަތުގައި ބެލެހެއްޓުން

-        ބޯހިމެނުމުގެ މަސައްކަތް ބެލެހެއްޓުމާއި އިންތިޚާބުތަކަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމާއި އާބާދީގެ މަޢުލޫމާތާއި މުހިންމު ތަފާސްހިސާބުތަކަށް ފުރިހަމަ ޑޭޓާ މެނޭޖްމަންޓް ސިސްޓަމްއެއްގައި ބެލެހެއްޓުމާއި ޑޭޓާ ރައްކާތެރިކުރުމުގެ ޕްރޮޓޮކޯލްތައް ތަންފީޒުކޮށް މަޢުލޫމާތުގެ ސަލާމަތްތެރިކަން ކަށަވަރުކުރުން

-        ޚިދުމަތް ދިނުމުގެ ޕްރޮސެސްތައް ހަރުދަނާކުރުމަށް އައު ގޮތްތައް ހޯދުމުގައި އިސްދައުރެއް އަދާކުރުމާއި ޑިޖިޓަލް އާކައިވްތައް ޤާއިމުކޮށް ރައްޔިތުންގެ މަޢުލޫމާތު ފަސޭހައިން ލިބޭނެގޮތް ހެދުން

-        ގެދޮރު ތަރައްޤީކުރުމާއި ސިޓީގެ މާސްޓަރ ޕްލޭނާ ދެމެދު ގުޅުން ކަށަވަރުކުރުމާއި ހައުސިންގ ސިޔާސަތުތައް ތަންފީޒުކޮށް ސިޓީގެ ގެދޮރާ ގުޅޭ ޚިދުމަތްތައް ބެލެހެއްޓުން

-        ސިޓީ ތަރައްޤީކުރުމުގެ މަސައްކަތްތަކުގައި ކަމާގުޅޭ ފަރާތްތަކާއެކު ވިލަރެސްކުރުމާއި އާންމު ޚިދުމަތްތައް ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކާ އަޅާކިޔައި އާންމު ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން

-        ޚިދުމަތްތައް ރަނގަޅުކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ނިޒާމުތައް ތަރައްޤީކުރުމާއި ޚިދުމަތްތައް ރަނގަޅުކުރަންޖެހޭ ދާއިރާތައް ދެނެގަތުމަށް ޚިދުމަތުގެ އޮޑިޓްތައް ކުރުން

-        އެހެން ޔުނިޓްތަކާ ގާތުން މަސައްކަތްކޮށް އެކުވެގެން ޚިދުމަތް ދިނުން ކަށަވަރުކުރުން

-        ކައުންސިލްގެ މަސައްކަތު ޕްލޭނާއި މައިގަނޑު ލަނޑުދަނޑިތަކަށް އެހީތެރިވުން

މަޤާމުގެ ޝަރުޠުތައް:

-   މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުން އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.

-   ނުވަތަ ؛ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް (ޕްރިފާރޑް)

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމަންޓް
  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  4. ޕަބްލިކް މެނޭޖްމަންޓް
  5. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  6. ބިޒްނަސް މެނޭޖްމަންޓް
  7. ކައުންސިލް އެޑްމިނިސްޓްރޭޝަން
  8. އޮފީސް އެޑްމިނިސްޓްރޭޝަން
  9. ބިޒްނަސް
  10. ކޮމަރސް
  11. ޕްރޮޖެކްޓް މެނޭޖްމަންޓް
  12. ޕަބްލިކް ޕޮލިސީ
  13. ޕޮލިސީ ސްޓަޑީސް
  14. ގަވަރނަންސް
  15. ލޯކަލް ގަވަރނަންސް
  16. ސޯޝަލް ސައިންސް
  17. ސޯސިއޮލޮޖީ
  18. ސޯޝަލް ވަރކް
  19. އެންތްރޮޕޮލޮޖީ
  20. ޑިމޮގްރަފީ
  21. ސްޓެޓިސްޓިކްސް
  22. އިކޮނޮމިކްސް
  23. ޕޮލިޓިކަލް ސައިންސް
  24. އިންޓަރނޭޝަނަލް ރިލޭޝަންސް
  25. ޑިވެލޮޕްމަންޓް ސްޓަޑީސް
  26. ކޮމިއުނިޓީ ޑިވެލޮޕްމަންޓް
  27. ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް
  28. ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް
  29. ހިއުމަން ރިސޯރސް
  30. އެކައުންޓިންގ
  31. ފައިނޭންސް
  32. ލޯ
  33. ޝަރީއާ އެންޑް ލޯ
  34. ޕަބްލިކް ރިލޭޝަންސް
  35. މާރކެޓިންގ
  36. ކޮމްޕިއުޓަރ ސައިންސް
  37. އިންފޮރމޭޝަން ޓެކްނޮލޮޖީ
  38. ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް
  39. އެގްރިކަލްޗަރަލް ސައިންސް
  40. މެރިން ސައިންސް
  41. އެންވަޔަރަންމެންޓަލް ސައިންސް
  42. އަރބަން ސްޓަޑީސް
  43. އަރބަން ޕްލޭނިންގ
  44. އާކިޓެކްޗަރ
  45. ސިވިލް އިންޖިނިއަރިންގ
  46. ސްޓްރަކްޗަރަލް އިންޖިނިއަރިންގ
  47. ލައިބްރަރީ ސައިންސް
  48. ކަލްޗަރ އެންޑް ހެރިޓޭޖް
  49. ސްޕޯރޓްސް މެނޭޖްމަންޓް
  50. ލީޑަރޝިޕް
  51. އެޑިއުކޭޝަން
  52. ދިވެހި ލެންގްއޭޖް
  53. ރިލިޖަސް ސަރވިސަސް

ކައުންސިލް އޮފިސަރުންގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގުތަކުގެ ލިންކް:

https://www.csc.gov.mv/PostStructure/Index/36

 

ގުޅޭ ވަޒީފާގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއު ދިރާސާކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުން (ކަނޑައެޅިފައިވާ އިންސައްތަ: 30% )
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (ކަނޑައެޅިފައިވާ އިންސައްތަ: 15%)
  6. ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ: 10%)
  7. އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ: 30%)

ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ 60% (ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (07 ޖުލައި2026) ގެ (14:00) ގެ ކުރިން، (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އެސެސްމަން

ޓް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އެސެސްމަންޓް އޮންނާނީ، 08 ޖުލައި 2026 އާއި 07 އޮގަސްޓް 2026 އާ ދެމެދު، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6527104/6527119 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

30 ޖޫން 2026